ވިޔަފާރި

އެމްޓީސީސީއަށް ފުރަތަމަ ކްއާޓަރުގައި 2.5 މިިލިއަން ރުފިޔާގެ ފައިދާ

May 1, 2017

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދަތުރުފަތުރާއި އިމާރާތް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި ކްއާޓަރުގައި އެ ކުންފުނިން 306.8 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް 255.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 51 މިލިއަން ރުފިޔާ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 41 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.