ކުޅިވަރު

ލީގް ހޯދުމުގެ ފުރުސަތު ޕީއެސްޖީއަށް ހަނި ވެއްޖެ

May 1, 2017

ތިން މިނެޓް ތެރޭ ޕީއެސްޖީގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކި މެޗުގައި، ނީސް އަތުން 3-1 ބަލިވެ، ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް، ޕީއެސްޖީ އަށް ލީގް ހޯދުމުގެ ފުރުސަތު ހަނި ވެއްޖެ އެވެ.

ޕީއެސްޖީ އޮތީ އެއް ވަނައިގައި އޮތް، މޮނާކޯ އަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. އޭގެ އިތުރުން މޮނާކޯ އަތުގައި އިތުރު އެއް މެޗު އެބައޮތެވެ.

ނީސްގެ ފުރަތަމަ ލަނޑު ޕެނަލްޓީ އޭރިއާ ބޭރުން، ރިކާޑޯ ފިއޭރާ ދިން ފުރުސަތަކުން ކާމިޔާބު ކުރީ މާރިއޯ ބަލެޓޮލީ އެވެ. ބަލެޓޮލީ އެބޯޅަ ފޮނުވާލީވެސް ޕެނަލްޓީ އޭރިއާގެ ބޭރުގެ ހުރެފައި ސީދާ ގޯލްގެ ކަނަށެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ފިއޭރާ ވަނީ ޕިއެސްޖީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ޕެނަލްޓީ އޭރިއާ ރޮނގު މަތިން ބޯޅަ ފޮނުވާލީ، ޕީއެސްޖީގެ ގޯލްގެ މަތީ ކަނަށެވެ.

ޕީއެސްޖީ އަށް ލަނޑު ކާމިޔާބު ކޮށްދިނީ، ތިއާގޯ ސިލްވާ ނެގި ކޯނަރަކުން، މަރުކީނޯސް އެވެ.

މެޗުގެ 90 ނީސްގެ ޕައުލް ބެސްއަށް، ބޯޅަ ނެތި ހުރަސް އެޅުމުން، ޕީއެސްޖީގެ ތިއާގޯ މޮޓާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ. އޭގެ ތިން މިނެޓް ފަހުން އަރުނޫދު ސްކޭ އަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން، އެންޖެލް ޑީމާރިއާއަށް ވެސް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ނީސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަނަސްޓާސިއޮސް ޑޯނިސް އެވެ.