ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު ދިރިއުޅުނު ގެ ހުންނަ ބިސް ބުރު ސަރަހައްދުގެ ގެއަކުން މީހަކު ހައްޔަރުކޮށްފި އެވެ. ނަމަވެސް އެއީ ޔާމީންގެ މަރާ ގުޅިގެން ހައްޔަރުކުރި ބައެއް ކަމެއް ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ސަރަހައްދުގައި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މީޑިއާއަށް ހާމަނުކުރާނެ ކަމަށެވެ.
އެ ސަރަހައްދުން ދެ މީހުން ހައްޔަރުކޮށްފައިވާއިރު ބިސް ބުރު ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދު ވެސް ކޮށްފަ އެވެ.