ވިޔަފާރި

މިދިޔަ އަހަރު ބިދޭސީން ބޭރަށް ފޮނުވި ފައިސާ 13 ގުނަ ދަށަށް

May 2, 2017
2
  • އެންމެ ގިނައިން ފޮނުވީ ބަންގްލަދޭޝް އަށް
  • ދިވެހިން ފޮނުވި ފައިސާގެ އަދަދު ދަށަށް ގޮސްފަ
  • ހަ ކުންފުންޏަކުން ބޭރަށް ފައިސާ ފޮނުވާ

މަނީޓްރާންސްފާ ކުންފުނިތައް މެދުވެރިކޮށް ބިދޭސީން މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު 13 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ބޭރަށް ފައިސާ ފޮނުވާ ތަންތަނުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް 108.7 މިލިއަން ޑޮލަރު ބޭރަށް ފޮނުވާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް ދަށް އަދަދެކެވެ.

މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ 83 ފޮނުވާފައި ވަނީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. ދެން ހިމެނެނީ އިންޑިޔާ ސްރީލަންކާ އަދި ނޭޕާލް މީހުންނެވެ. އަދި ބޭރަށް ފޮނުވާފައިވާގެ 17 ޕަސެންޓަކީ އެކިއެކި ދިވެހިން ބޭރަށް ފޮނުވާ ފައިސާ އެވެ.

ދިވެހިން އެކިއެކި ކަންކަމަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ މިދިޔަ އަހަރު އަހަރު ފައިސާގެ ކޮންމެ މަހެއްގެ ޖުމްލައަށް ބަލާއިރު، ގާތްގަނޑަކަށް ހުރީ އެއްވަރެއްގަ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން، ކޮންމެ މަހެއްގައި ފޮނުވާފައިވާ ޖުމްލަ ފައިސާ ވަނީ އޭގެ ކުރީ އަހަރުގެ މެއި މަހާ އަޅާބަލާއިރު ދަށްވެފަ އެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ރެމިޓެންސް ޓެކްސް ތައާރަފު ކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އިތުރު ކުންފުންޏަކަށް ވެސްޓަން ޔޫނިއަންގެ ވިޔުގަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދިނުމަށް ވަނީ ލައިސަންސް ދީފަ އެވެ. އަދި މި ހިދުމަތް ދޭ ކުންފުންޏަކުން އެ ވިޔަފާރި ހުއްޓާލާފައިވާ ވުމާއެކު، އެ ފަރާތުގެ ލައިސަންސް ބާތިލުކޮށްފައިވެ އެވެ. 2016 ވަނަ އަހަރު ނިމުނުއިރު، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދެނީ ހަ ކުންފުންޏަކުންނެވެ.