ހަބަރު

ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން 2:00 އަށް

މި އަހަރު ރޯދަ މަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ މުއާޒް މިއަދު ވިދާޅުވީ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް މަސައްކަތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 10:00 އަކުން މެނދުރު ފަހު 2:00 އަކާ ހަމަޔަށް ކަމަށެވެ. އެހެންކަމުން ސަރުކާރު މުވައްޒިފުން މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު ހަތަރު ގަޑިއިރެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުވެސް ރަސްމީ ގަޑީގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސާފައި ވަނީ ހަމަ އެ ގަޑިތަކެވެ.