ވިޔަފާރި

އެންމެ ހެޔޮ އަގުތަކާ އެކު ވެލިގާ ހާޑްވެއާ ރޯދަ ޕްރޮމޯޝަން ފަށައިފި

އަގުހުރި އިނާމްތަކަކާއި އެކު ވެލިގާ ހާޑްވެއާ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

ވެލިގާ ހާޑްވެއާއިން މައުލުމާތު ދިން ގޮތުގައި ޖޫން 10 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ ވަކި މުދާތަކަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެެވެ. އޭގެ ތެރޭގައި ހިމެނެނީ ސާފުކުރާ ސާމާނާއި ފަންކާ އާއި ލައިޓާއި ސީލަރާއި ކުލަ އަދި ބަދި ސާމާނެެވެ.

އެ ފިހާރައިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާއިރު ވެލިގާ ހާޑްވެއާގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެ އެވެ. އެގޮތުން 100 އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބޭ އިރު، ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިޔާއަށް 500 ރުފިޔާގެ ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.މި ޕްރޮމޯޝަން ނިމުމުން ޕްރޮމޯޝަންގެ ހުރިހާ ބައިވެރިންގެ މެދުގައި ގުރުއަތުލުމެއް ބާއްވާ ނަސީބު ވެރި ތިންފަރާތަކަށް އަގުބޮޑެތި އިނާމްތައް ދޭން ވެލިގާއިން ވަނީ ނިންމައިފަ އެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 20000 ރުފިޔާގެ ވައުޗަރެއް ދެވަނަ އަށް ހޮވޭ ފަރާތަކަށް 10000 ރުފިޔާގެ ވައުޗަރެއް ތިން ވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ވައުޗާއެއް ދޭން ވަނީ ނިންމައިފަ އެވެ. އެ ވައުޗާގައިވާ ފައިސާގައިވާ އަދަދަށް، ވެލިގާގެ ފިހާރައަކުން ވެސް ހިލޭ ތަކެތި ނެގޭނެ އެވެ.

ވެލިގާ ހާޑްވެއާއަކީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑްތަކެއްގެ އުފެއްދުންތަކެއް ރާއްޖެއަށް އެތެރެކޮށް އާންމުންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ އަދި އާންމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.