ވިޔަފާރި

ތަފާތުތަކާ އެކު ކޮންސިއުމާ ފެއާ ބުރާސްފަތި ދުވަހު ފަށަނީ

May 2, 2017

މި އަހަރުގެ މޯލްޑިވްސް ކޮންސިއުމާ ފެއާ ނުވަތަ ޝޮޕިން ފެސްޓިވަލް ބުރާސްފަތި ދުވަހު ހުޅުވާނެ އެވެ.

ކޮންސިއުމާ ފެއާ އިންތިޒާމުކުރާ ބްލަކް ކުންފުނިން ބުނީ ނޭޝަނަލް އާޓްގެލަރީގައި ބާއްވާ މި އަހަރުގެ ކޮންސިއުމާ ފެއާއަށް ގޮސްގެން ގިނަ އިނާމުތަކެއް ލިބޭނެ ކަމަށެވެ. މިގޮތުން ކޮންމެ ގަޑިއަކު އެއް ފަހަރު ހާއްސަ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންސިއުމާ ފެއާ މި އަހަރުގެ "އެކްސްކްލޫސިވް ސްޕޮންސާ"އަކީ ބީއެޗްއެމް އެވެ.

މޯލްޑިވަސް ކޮންސިއުމާ ފެއާއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޝޮޕިން ފެސްޓިވަލްއަށް ވާނެ އެވެ. މި ފެއާއަކީ ވިޔަފާރިވެރިންގެ ތެރެއިން ހޯލްސެއިލާސް، ރީޓެއިލާސް، ސަޕްލަޔާސް އަދި މެނުފެކްޗަރުންނަށް ހާއްސަ ޕްލެޓްފޯމެކެވެ. ފެއާގައި ބައިވެރިވާ ބައިވެރިންގެ އުފެއްދުންތަކާއި އަލަށް ތައާރަފްކުރާ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ފެއާގެ ސެޓްއަޕް ޕާޓްނާއަކަށް ޝޭޑީ ކެބިން ހަމަޖެއްސިއިރު ޕްރިންޓް ޕާޓްނަރަކީ އެމް7 ޕްރިންޓްސް އެވެ. ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. އަދި މީޑިޔާ ޕާޓްނަރުންނަކީ "އަވަސް" އާއި "ސަން" އެވެ. އޭގެއިތުރުން ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްޑް ޕްރޮޓެކްޝަން (އެސެޕް) އެވެ. މިފަހަރުގެ ފެއާގައި ކޮންމެ ގަޑިއިރު ލަކީޑްރޯ ނެގުމާއި ކޮންމެ ދުވަހަކު ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ފެއާގައި ފުޑް ކޯޓަކާއި ލައިވް މިޔުޒިކް އޮންނާނެ އެވެ.