ކުޅިވަރު

ފައިނަލުގެ ބޮޑު އަމާޒު މޮނާކޯގެވެސް އެބައޮތް

May 3, 2017

ޔުވެންޓަސް ޓީމުގައި މެޗުން މޮޅުވުމުގެ މެންޓަލިޓީ ވަރަށް ބޮޑަށް އެބަހުރި ކަމަށާއި، ހަމަ އެގޮތަށް، ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދިއުމުގެ މެންޓަލިޓީ، މޮނަކޯގެ ޓީމުގައި ވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށް، މޮނަކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ސެމީ ފައިނަލު މެޗުގެ މިރޭ، އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިިން ޖާޑިމް ބުނީ، މިރޭ މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް، ފައިނަލުގެ ޖާގަ މުޅިން ކަށަވަރު ވާނީ ދެ ވަނަ ލެގް މެޗުން ކަަމަށެވެ.

އަދި މިރޭ ގެ މެޗުގައި، ޔުވެންޓަސްއިން ލަނޑު ޖެހިޔަސް، އަވޭ މެޗުގައި، އެޓީމު ކޮޅަށް ލަނޑު ޖެހުމުގެ ހިތްވަރުވެސް، މޮނަކޯގެ ޓީމުގެ ކިބައިގައި އެބަހުރި ކަމަށް ޖާޑިމް ބުންޏެވެ.

"ޔުވެންޓަސްގެ އެބަހުރި މެޗުން މޮޅުވުމުގެ މެންޓަލިޓީ، ޑިފެންސިވްގައި އެމީހުން ވަރަށް ވަރުގަދަ، އަދި ހަމަލާ އުފެއްދުމުގައިވެސް އެ ޓީމު ވަށް އޮގަނައިޒް، އަދި ހިލޭ ޖެހުންތަކާއި ކޯނަރުގައި ވެސް، އެޓިމު ވަރަށް ރަނގަޅު، އެމީހުންގެ ތަޖުރިބާގެ އަލީގައި، އެމީހުން ވަރަށް ނުރައްކާ، އަހަރެމެންނަށް ވަރަށް އުނދަގޫ ވާނެ،" ޕޯޗްގަލްއަށް ނިސްބަތްވާ ކޯޗް ބުންޏެވެ.

އޭނާ ބުނީ، ދެ ވަނަ ބުރުގައި، މޮނަކޯ ވާދަ ކުރި މެންޗެސްޓާ ސިޓީ އާއިި ކްއާޓާ ފައިނަލުގައި ވާދަ ކުރި، ބްރޫޝިއާ ޑޯޓުމަންޑަކީ، ޔުވެންޓަސްއަށް ވުރެ، ޑިފެންސިވްގައި ބަލި ކަށި ދެ ޓީމު ކަމަށެވެ. އެހެންވެ ޔުވެޓަސްއާ ދެކޮޅަށް ނިކުންނައިރު، އެކަމާ ސަމާލުވާން ޖެހޭ ކަމަށެވެ.

"އަހަރެމެން ދެ ޓީމުގެ ކިބައިގައިވެސް އޮތީ އެއް އަޒުމެއް ޗެމްޕިއަންސް ލީގް ފައިނަލަށް ދިއުން، އަހަރެމެން އޮތީ (މިރޭ) ގެ މެޗަށް ފިޒިކަލީ އަދި ސައިކޮލަޖީވެސް ތައްޔާރަށް، އަދި އަހަރެމެން އޮތީ މުޅި ސީޒަން މިގޮތުގައި ކުޅެން ވެސް ތައްޔާރަށް،" ޖާޑިމް ބުންޏެވެ.