މިއުޒިކް

ޝަލަބީގެ "ބޭނުމޭ އިޝްގާ" ވަރަށް ހިތްގައިމު

ރެއިން ފެށިގެން އެންމެންގެ ޕްލޭ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިން އުޅެނީ ހުރިހާ ހިތަކުންވެސް ޖާގަ ހޯދާފައިވާ ޝަލަބީ އިބްރާހީމްގެ "ބޭނުމޭ އިޝްގާ" އެވެ. ގިނަ ފޭނުންތަކެއްގެ އެދުމުގެ މަތިން ރޭ ނެރުނު މި ލަވަ މިހާރު ވެސް އެތައް ހާސް ބަޔަކު ވަނީ އަޑު އަހާފަ އެވެ.

މި ލަވައިގެ އިތުރުން އެހެން ގިނަ ލަވަތަކެއްގެ ކަވާ އެއް ޝަލަބީގެ އަޑުން އަޑުއަހާލަން ވެސް ފޭނުން ދަނީ ޝަލަބީއަށް ރިކުއެސްޓް ކުރަމުންނެވެ. ނަމަވެސް ޝަލަބީގެ ޝެޑިއުލް މި ވަގުތު ހުރި ގޮތުން އިތުރު ކަވާ ސޯންގެއް ނެރެން ނިންމާފައެއް ނެތެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި އިތުރު ކަވާ ތައް އިވޭނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ. ޝަލަބީ އަކީ އޭނާގެ ފޭނުން އެދޭ ފަދަ ލަވަތަކެއް ގެނެސްދޭ އާޓިސްޓެކެވެ.

"ބޭނުމޭ އިޝްގާ" އެންމެ ފުރަތަމަ ކިޔާފައިވަނީ ހުޒާމް އެވެ. "އެއަށްފަހު އެންމެ ރީތި އީދު ޝޯ 2015" ގައި ރިޒޫ ވެސް ވަނި މި ލަވައިގެ ކަވާއެއް ނެރެފަ އެވެ. މި ލަވައިގެ އިތުރުން ވެސް ގިނަ ކަވާ ލަވަތަކެއް ޝަލަބީ މީގެ ކުރިން ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ޝަލަބީގެ "ބޭނުމޭ އިޝްގާ" ގެ އޯޑިއޯ ސައުންޑް ކްލައުޑުން މިހާރު އަޑު އަހާލެވޭނެ އެވެ.

ޝަލަބީ އޭނާގެ ފޭނުންނަށް ހާއްސަ ސަޕްރައިޒެއްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެއްގޮތަކަށް ވެސް އެކަމާ ބެހޭ މައުލޫމާތެއް ޝަލަބީ ނުދިނެވެ. ޝަލަބީ ބުނަނީ ނިކަން އަވަހަށް އެ ސަޕްރައިޒް ފެނިގެންދާނެ ކަމަށެވެ. އަދިވެސް އިތުރު އެތައް މަސައްކަތްތަކެއް ޝަލަބީ އަންނަނީ ކުރަމުންނެވެ. އެގޮތުން ރޯދަމަހަށް ވެސް ޝަލަބީގެ ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ތަފްސީލެއް އަދި ނުލިބެ އެވެ. މި މަސައްކަތްތަކުގައި ޝަލަބީގެ ޝެޑިއުލް ނިކަން ބިޒީވެސްމެ އެވެ.