ކުޅިވަރު

ހަނި މޮޅަކުން ޔުނައިޓަޑް ފައިނަލުގެ ދޮރާ ކައިރިއަށް

May 5, 2017

ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި، ސެޕެއިންގެ ސެލްޓަވީގޯގެ މައްޗަށް 1-0 ގެ ހަނި މޮޅަކާ އެކު، ކާމިޔާބު ހޯދައި، މެންޗެސްޓާ ޔުނައިޓަޑު ޔޫރޮޕާ ލީގްގެ ފައިނަލުގެ ދޮރާ ކައިރި އަށް ޖެހިލައިފި އެވެ.

މެޗުގައި، ސެލްޓަވީގޯގެ ކީޕަރު ސާޖިއޯ އަލްވަރޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޔުނައިޓަޑްގެ ހެންރިކް މިހިތާރިޔަން ލިބުނު ބޯޅަވެސް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ.

ސެލްޓަވީގޯގެ ދަނޑުގައި، ކުޅުނު މެޗުގައި، ޔުނައިޓަޑްގެ ހަމަ އެކަނި ލަނޑު، 67 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ މާކޯސް ރަޝްފާޑެވެ. ހަނި މޮޅެއް ލިބުމުން، ޔުނައިޓާޑަށް އޮތީ ރަށުން ބޭރުގައި މޮޅުވުމުގެ ހިތްހަމަ ޖެހުން އެކަންޏެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅޭ މެޗުން، ޔުނައިޓަޑަށް އިތުރު ލަނޑެއް ނުޖެހި، ސެލްޓަވީގޯ އިތުރު ލަނޑެއް ޖަހައިފިނަމަ، ނަތީޖާ ހަމަހަމަވެ، އިތުރަށް ކުރަން ކުރަން ޖެހޭ މަސައްކަތް ބޮޑުވީ އެވެ.

ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެއަށްވުރެ އިތުރަށް ލަނޑު ޖެހޭނެ ކަމަށެވެ.

އޭނާ އުންމީދު ކުރަނީ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ޔުނައިޓަޑްގެ ދަނޑުގައި ކުޅޭ މެޗުގައި، އޭނާގެ ޓީމަށް އިތުރު ލަނޑު ތަކެއް ޖަހައިގެން ނަތީޖާ ނެރެވޭނެ ކަމަށެވެ.