ދުނިޔެ

"އުމުރުން 100 އަހަރުގެ" ޒުވާނާ 17 އަހަރުގައި މަރުވެއްޖެ

Apr 4, 2015
1

އުމުރުންވާ ދުވަހަށް ވުރެ އެތައް ގުނައެއް ބޮޑަށް މުސްކުޅި ކަމުގެ އަސަރުތައް ހަށިގަނޑަށް ގެނުވާ ޖެނެޓިކް މައްސަަލައެއް ކަމަށްވާ ޕްރޮޖީރިއާއާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތުގައި މަޝްހޫރުކަން ހޯދި ހޭލޭ އޯކިންސް 17 އަހަރުގައި މަރުވެއްޖެ އެވެ.

"އަހަރެންގެ ދަރިފުޅު މިއަށްވުރެ ރަނގަޅު ތަނަކަށް ދަތުރުކޮށްފި. އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލީ އަހަރެންމެ އުނގުގައި އޮވެ ...،" އޯކިންސްގެ މަންމަ ފޭސްބުކްގައި ލިޔެފައިވެ އެވެ.

އޯކިންސްގެ އުމުރުން 13 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ. ނަމަވެސް ޕްރޮޖީރިއާއާ ދެކޮޅަށް ބޭނުން ކުރުމަށް އަލަށް އުފެއްދި ބޭހުން، އެމެރިކާގައި ހޯދި ފަރުވާތަކާ އެކު އޭނާގެ ހަށިގަނޑު މުސްކުޅިވުން ކޮންމެވެސް ވަަރަކަށް ލަސްވި އެވެ. 

އޯކިންސް ވަނީ ވަރަށް ނާދިރު މައްސަލައެއް ކަމަށްވާ ޕްރޮޖީރިއާއާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް އެކި ހަރަކާތްތައް ހިންގައިފަ އެވެ. -- ބީބީސީ