ކުޅިވަރު

ޓޮޓެންހަމް ބަލިވެ، ލީގް ހޯދަން ޗެލްސީއަށް ބޮޑު ފުރުސަތެއް

May 6, 2017

ވެސްޓްހޭމް އަތުން، 1-0 ގެ ނަތީޖާ އަކުން ޓޮޓެންހަމް ބަލިވެ، ޗެލްސީއަށް ލީގް ހޯދުމަށް ބޮޑު ފުރުސަތެއް ތަނަވަސް ވެއްޖެ އެވެ.

ޗެލްސީއަށް ބާކީ އޮތީ ހަތަރު މެޗެވެ. ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރި ނަމަވެސް، ޗެލްސީ އަށް ލީގް ކަށަވަރުވާނެ އެވެ.

ލަންޑަން، ސްޓޭޑިއަމްގައި ކުޅުނު މެޗު، ގައި، ވެސްޓްހަމްގެ ލަނޑު ކާމިޔާބު ކުރީ، މެނައުލް ލަންޒިނީ އެވެ. މެޗުގެ 65 ވަނަ މިނެޓްގައި، އޭނާ ލަނޑު ޖެހީ އެންޑްރޭ އަޔޫ ތަނަވަސްކޮށްދިން ފުރުސަތަކުން ނެވެ.

މެޗަށް ފަހު، ވާހަކަ ދައްކަމުން، ޓޮޓެންހަމް ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ބުނީ ލީގް ހޯދުމުގެ ރޭހުގައި އެޓީމަށް އޮތް ފުރުސަތަކީ ވެސްޓްހަމްގެ މެޗު ކަމަށާއި، ނަމަވެސް މެޗުން ބަލިވުމުން އެ ފުރުސަތު ހަނިވެއްޖެ ކަމަށެވެ.

އޭނާ ބުނީ އަދިވެސް ހިތްވަރު އެލުވާނުލައި ދެން މަސައްކަތް ކުރާނީ، ވީއެންމެ ރަނގަޅަކަށް، ސީޒަން ނިންމާލުމަށް ކަމަށެވެ. ޓޮޓެންހަމްގެ މީޑްފީލްޑާ އެރިކް ޑިއާ ބުނީ، މެޗުން ބަލިވުމުން ވަރަށް ބޮޑަށް ހިތްދަތި ކަމެއް ކުރިމަތިވެއްޖެ ކަމަށެވެ.