ހަބަރު

ވޯޓު ފޮށިތައް ބަންދު ކުރާ ވަގުތު ފަސްކޮށްފި

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ކައިރިވެފައި އޮއްވާ އެ ގަޑިތަކަށް ބޮޑު ބަދަލެއް އިލެކްޝަން ކޮމިޝަން (އީސީ)އިން ގެނެސް، ވޯޓު ފޮށި ބަންދު ކުރާ ގަޑި ފަސްކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ދާދި ދެންމެއަކު ބުނީ ހުރިހާ ވޯޓު ފޮށިތަކެއް ބަންދު ކުރާނީ މިއަދު އިރުއޮއްސި 6:00 ހާއިރު ކަމަށާއި އަދި ލަހުން ވޯޓުލާން ފެށި ތަންތަނުގައި ބަންދު ކުރާނީ 8:00 ހާއިރު ކަމަށެވެ. މީގެ ކުރިން ވޯޓު ފޮށި ބަންދު ކުރަން ހަމަޖެހިފައި ވަނީ 4:00 ހާއިރު އެވެ. އަދި ލަހުން ވޯޓު ލާން ފަރާތްތަކަށް ވެސް އިތުރު ގަޑި ދޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މިހާރު ކުރިއަށްދާ ކައުންސިލް އިންތިހާބުގައި ޖުމްލަ 1486 ކެނޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރާއިރު އިންތިހާބުކުރަން ޖެހެނީ 664 ކައުންސިލަރުންނެވެ. މިއީ ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބެވެ.