މާރާމާރީ ހިންގުން

ނިދާފައި އޮތް މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

May 7, 2017

މާލޭގެ ގެއެއްެގައި ނިދާފައި އޮތް މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މ. މަދަން، ދެވަނަ ބުރީގެ ބައެއްގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޒަހަމްކޮށްލާފައި އޭނާގެ ބޭބެ ކަމަށް ވެއެވެ.

ފުލުހުން ވަނީ އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ނަމަވެސް އެމީހާއަށް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް އަދި އެމީހާގެ ހާލުވެސް ސާފެއް ނުވެއެވެ. ފުލުހުން ވެސް އަދި ހޮސްޕިޓަލުން ވެސް މި ހަމަލާއާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާ ދިން ވަގުތު ޒަހަމްވި މީހާ ގޮވާ ހެދި ކަމަށާއި އެވަގުތު ހަމަލާދިން މީހާ ފިލާފައިވާ ކަމަށް ވެއެވެ.