ވިޔަފާރި

އެސްޓީއޯގެ ފިޝް އެންޑް މީޓް ފެސްޓް ފަށައިިފި

May 7, 2017

ހަ ކުންފުންޏެއްގެ އުފެއްދުންތަކާއެކު، އެސްޓީއޯ ސުޕަމާޓްގައި "ފިޝް އެންޑް މީޓް ފެސްޓް" މިއަދު ފަށައިިފި އެވެ.

އެސްޓީއޯ ސުޕަމާކެޓުގައި ބޭއްވި ރަސްމިއްޔާތުގައި "ފިޝް އެންޑް މީޓް ފެސްޓް" ފައްޓަވައި ދެއްވީ ސީނިޔަ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝާން އެވެ.

މަހުގެ އުފެއްދުންތަކުން ތައްޔާރުކޮށްފައިވާ މި ފެސްޓްގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ފުޑާއި ޕިރަމިޑް އަދި ލިލީގެ އިތުރު އެސް އެންޑް އޯ އާއި މިފްކޯ އަދި އެސްޓީއޯ އެވެ.

ފެސްޓް ފައްޓަވައި ދެއްވަމުން އާޝާން ވިދާޅުވީ މި ފެސްޓު ކުރިއަށް ދާއިރު، ކުންފުނިތަކުން އެކި ދުވަސްވަރުގައި އާ ޕްރޮޑަކްޓްތައް ތައާރަފު ކުރަމުންދާނެ ކަމަށެވެ.

"އެކި ދުވަސްތަކުގެ މަތިން ސުޕަމާޓުގައި ބާއްވާ ހަރަކާތްތަކުގައި ކުންފުނިތަކުން އާ ޕްރޮޑްކްޓްތައް ލޯންޗް ކުރާނެ،" އާޝާން ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓުގައި ކުރިއަށް ގެންދާ، "ފިޝް އެންޑް މީޓް ފެސްޓް" ގައި މަހުގެ ސޮސެޖު ފަދަ އުފެއްދުންތައް އަގު ހެޔޮކޮށް ވިއްކާނެ އެވެ. މި ސޭލް ކުރި އަށްދާނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.