ހަބަރު

ވަގުތީ ނަތީޖާ އިއުލާން ކުރުން މާދަމާއަށް ފަސްކޮށްފި

May 8, 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން މާދަމާއަށް ލަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައިވާ ގޮތުގައި މިއަދުގެ މެންދުރެއްހާ އިރު ޖުމްލަ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށާނެ އެވެ. އެހެން ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނީ މާދަމާ މެންދުރު 11:00 ގައި ކަމަށެވެ. އަދި ނަތީޖާތައް އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބަށް ހާއްސަކޮށް ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިލެކްޝަންސްގެ ސެންޓަރުގައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކުރިއަށް ގޮސްފައި ވަނީ އަމާންކަމާއި އޮމާންކަމާ އެކު ބޮޑެތި މައްސަލަތަކެއް ނެތި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ މިންވަރަކުން އެ ކޮމިޝަންގެ ވެބްސައިޓަށް މިހާރު ވެސް އަންނަނީ ނަތީޖާތައް އަރުވަމުންނެވެ. އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި 14،86 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރި އިރު އިންތިހާބު ކުރަން ޖެހެނީ 664 ކައުންސިލަރުންނެވެ.