ފިނިޕޭޖް

ޝަލަބީގެ އާ ލަވަ ގްރޭންޑް ފިނާލޭގައި ނެރެނީ

ޝަލަބީ އޭނާގެ ފޭނުންނަށް ދޫކޮށްލަން އުޅޭ ހަދިޔާއެއްގެ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ލަވަ އާއި ބެހޭ މާ ގިނަ މައުލޫމާތު ތަކެއް ނޭނގުނަސް އެ ކަމަށް ކުރާ އިންތިޒާރަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ރޭ ޝަލަބީ މި ވަނީ އެ އިންތިޒާރުގެ ބޮޅު އިތުރުކޮށްލާފަ އެވެ. "އާދޭސް" ނަމުގައި ނެރޭ ވީޑިއޯ ލަވައިގެ ޕޯސްޓަރު ދައްކާލާފަ އެވެ. ވީޑިއޯ އަށް ކުރެވޭ އިންތިޒާރު އިތުރު ވެއްޖެ އެވެ.

މިހާ ހިސާބުން "އާދޭސް" ގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ލޯބިވެރިން އެކަކު އަނެކަކާ ހިއްސާކޮށްލަން ބޭނުންވާ ގިނަ ވާހަކަތަކެއް މި ލަވަ މެދުވެރިކޮށް ހިއްސާ ކުރެވޭނެ އެވެ. ޝަލަބީ ބުނަނީ މިއީ އޭނާގެ ފޭނުންގެ ހިތުގެ އެންމެ އަޑިއަށް ވާސިލްވާނެ ލަވައެއް ކަމަށެވެ.

މި ލަވައިގެ އެންމެ ހާއްސަ ކަމަކީ ލަވަ ރިލީޒް ކުރާ ތަރީހެވެ. މި ލަވަ ރިލީޒް ކުރާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގްރޭންޑް ފިނާލޭ ޝޯގަ އެވެ.

މި ލަވަ އަކީ ޝަލަބީގެ 100 ޕަސަަންޓު އަމިއްލަ އުފެއްދުމެކެވެ.

ޝަލަބީގެ އަމިއްލަ އުފެއްދުމެއް ނެރެން ތައްޔާރުވެފައިވާ އިރު ގިނަ ކަވާ ލަވަތަކެއް ޝަލަބީ ވަނީ ނެރެފަ އެވެ. އޭގެ ތެރެއިންވެސް އެންމެ ފަހުން ނެރުނު "ބޭނުމޭ އިޝްގާ" ފާހަގަކޮށްލެވެ އެވެ. އެ ލަވަ ވަނީ ފޭނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާ ވައިގަ ހިފާފަ އެވެ.

މީގެ އިތުރުން ރޯދަމަހަށް ވެސް ޝަލަބީގެ ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ތަފްސީލެއް އަދި ނުލިބެ އެވެ.