ވެމްކޯ

ވެމްކޯއިން ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފި

ވެމްކޯގެ އޯޕަން ޑޭ ހަރަކާތުގައި އެ ކުންފުނީގެ ވަޒީފާތަކަށް ކުރިމަތިލާން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

ރ. އިންނަމާދޫގައި މާދަމާ ފަށާ ވެމްކޯ އޯޕެން ޑޭ ހަރަކާތުގައި 15 އަށް ވުރެ ގިނަ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ހަރާކަތް ކުރިއަށްދާ ވަގުތުގައި ކައިރި ރަށްރަށުން އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތައުލީމީ ސެޓްޕިކެޓްތަކާއި ވަނަވަރު ހިފައިގެން އިންޓަވިއު އަށް އިންނަމާދޫއަށް ދިއުމަށް ވެމްކޯގެ އިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ވެމްކޯ އިިން އިއުލާން ކޮށްފައިވާ ވަޒީފާތަކަކީ ރ. ވަންދޫގައި ހުންނަ ނޯތު ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ ވަޒީފާގެ ފުރުސަތުތަކެކެވެ. އޯޕެން ޑޭ ގެ ހަރަކާތް ކުރިއަށް ދަނީ ރ، އިންނަމާދޫ ޕްރީސްކޫލްގައި މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.