ހަބަރު

ތާޖުއްދީނުގެ ދަރިވަރުންތަކެއް މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

May 11, 2017
4

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން ބުނީ އެ ސްކޫލުގެ ދަރިވަރުންތަކެއް މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ އެ މާރާމާރީ ހިންގީ ސްކޫލްގެ ގުރޭޑް އަށަކާއި ނުވައެއްގެ ދަރިވަރުންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އަދި އެ މާރާމާރީގައި ކުއްޖަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭންވެސް ޖެހުނެވެ.

މާރާމާރީގައި ހިމެނުނު ކުދިންނަށް މާ ބޮޑު އަނިޔާތަކެއް ވެފައި ނުވާ އެ ހާދިސާގެ މައުލޫމާތު ސްކޫލަކުން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.