ބޮލީވުޑް

ވިނޯދްގެ އާ ފިލްމުގައި ރަންބީރާއި ދިޕިކާ

May 12, 2017

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން ވަނީ އެ ދެތަރިން ރުޅިވި ފަހުން އެކުގައި ދެ ފިލްމެއް ކުޅެފަ އެވެ.

ރަންބީރާއި ދިޕިކާއަކީ އެމީހުން އޮން ސްކްރީންގައި ދައްކުވާފައިވާ ކެމިސްޓްރީގެ ސަބަބުން ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާ ދެތަރިންނެވެ.

މިދެތަރިންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ދެތަރިން އެކުގައި ފިލްމު ކުޅުން ހުއްޓައެއްނުލަ އެވެ. "ޔޭ ޖަވާނީ ހޭ ދިވާނީ" "ތަމަޝާ" އެންމެ ފަހުން އެކުގައި ކުޅެފައިވާ ރަންބީރާއި ދިޕިކާއަށް ވަނީ އިތުރު ފިލްމެއް ކުޅެން ލިބިފަ އެވެ.

ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްރާގެ އުފައްދާ ފިލްމަކުން މި ދެތަރިންނަށް ހުށަހެޅުން ލިބިފައިވާއިރު، ދިޕިކާ ވަނީ މިފަހުން އޭނާ އާ ބައްދަލުކޮށްފަ އެވެ. ވިނޯދް ދިޕިކާ އާއި ރަންބީރަށް އެ ފިލްމު ހުށަހަޅާފައިވަނީ އޭނާ އަށް އެ ދެތަރިންގެ ކެމިސްޓްރީ ކަމުދިޔުމުންނެވެ.

ދިޕިކާ އާއި ރަންބީރު އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ތަމާޝާ" އިންނެވެ. އެ ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް އެ ދެމީހުންގެ އެކްޓިން އަށް ބެލުންތެރިންނާއި ކްރިޓިކްސްއިން ވަނީ ތައުރީފުކޮށްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ދިޕިކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންވީރު ވެސް ވަނީ ވިނޯދްގެ އޮފީހުގައ އޭނާއާ ބައްދަލުކޮށްފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ވިނޯދް އުފައްދަން އުޅޭ ފިލްމުގައި ރަންބީރާއި ދިޕިކާގެ އިތުރުން ރަންވީރު ވެސް ފެނިގެންދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް މިފިލްމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއްނުވެ އެވެ.

ރަންބީރުގެ ފުރަތަމަ ޕްރޮޑަކްޝަން ފިިލްމު "ޖައްގާ ޖާސޫސް" ޖުލައި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު އޭނާ މިހާރު އަންނަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅެމުން އަންނަ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ. އަދި ދިޕިކާ އަންނަނީ ރަންވީރާއި ޝާހިދު ކަޕޫރާ އެކު ކުޅޭ "ޕަދްމާވަތީ" ގެ މަންޒަރުތައް ނަގަމުންނެވެ.

ސަަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ނިމުމުން ރަންބީރު ، އަޔާން މުކަރްޖީގެ "ޑްރެގަން" ގެ ޝޫޓިން ފަށާނެ އެވެ.