މިއުޒިކް

މުމްބާއީ ޝޯއަށް ފަހު ޖަސްޓިން ބީބާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ޖަސްޓިން ބީބާގެ ފޭނުންތައް ކޮބާހެއްޔެވެ؟ މިއޮތީ ޖަސްޓިން ބީބާގެ ފޭނުންނަށް ވަރަށް އުފާވެރި ހަަބަރެކެވެ. އިންޑިއާގެ މުމްބާއީގައި ކޮންސެޓް ދިނުމަށްފަހު ޖަސްޓިން މިވަނީ ނިކަން ސިއްރު ސިއްރުން ރާއްޖެ އައިސްފަ އެވެ. ޖަސްޓިން ރާއްޖެ އައިސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވަނީ ކަށަވަރުވެފަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން، ބ. ދަރަވަންދޫ އެއާޕޯޓަށް ޗާޓަރު ފްލައިޓެއްގައި ޖަސްޓިން ރޭ ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޖަސްޓިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެ އެވެ. ޖަސްޓިން ޗުއްޓީ ހޭދަކުރަމުންދަނީ ބ. އަތޮޅުގެ ރިސޯޓެއްގަ އެވެ. -- ޕްރައިވަސީއަށް ޓަކައި ރިސޯޓްގެ ނަން ހާމައެއް ނުކުރާނަމެވެ--

ނޫސްތައް ބުނާ ގޮތުގައި، ޖަސްޓިން ބީބާ އެންމެ ފުރަތަމަ ނިންމީ އަން އާދިއްތަ ދުވަހާ ހަމައަށް އިންޑިއާގައި މަޑުކުރުމަށެވެ. ނަމަވެސް ޝޯ އިންތިޒާމު ކުރި އިންޑިއާގެ އެޖެންޓް ނޫސްތަކަށް ބުނެފައި ވަނީ ޝޯއަށް އަށް ފަހު ޖަސްޓިން "ގެއްލިފައިވާ" ކަމަށާއި ޖަސްޓިން އިންޑިއާގައި ހުރިކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ.

ރޭގެ ޝޯއަށް ފަހު ޖަސްޓިން ރާއްޖެ އައިއިރު ރޭގެ ޝޯ އާ ދޭތެރޭ ޝޯ ބެލި ގިނަ ފޭނުން އޭނާ ދެކެ ނިކަން ގަދައަށް ރުޅިއައިސްފަ އެވެ. ލަައިވްކޮށް ލަވަތައް ކިއުމުގެ ބަދަލުގައި "ލިޕް ސިންކް" ކުރިކަމަށްބުނެ ގިނަ ބަޔަކު ވަނީ އޭނައަށް ފާޑު ކިޔާފަ އެވެ. ކޮންސެޓް ދިނުމަށް ޖަސްޓިން އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.