ބޮލީވުޑް

18 އަހަރު ފަހުން އަރްބާޒް އާއި މަަލައިކާ ވަރިވެއްޖެ

May 12, 2017
1

ސެލެބްރިޓީ ޖޯޑު ކަމަށްވާ އަރްބާޒް ޚާން އާއި މަލައިކާ އަރޯރާ ޚާން، އެ ދެމީހުންގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަނަން ނިންމާފައިވާކަން އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

މިދިޔަ ނޮވެމްބަރުގައި ވަރިވުމަށް އެދި ބަންދްރާ ކޯޓަށް މި ދެމީހުން ހުށަހެޅި މައްސަލާގައި އެ ކޯޓުން އިއްޔެ ވަނީ އެ ދެމީހުންގެ ވަރިވެފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

މި ދެމީހުންގެ ވަކީލުންނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި ވަރިވާން ކޯޓަށް ހުށަހެޅުމުން ކޯޓުން ދިން މުއްދަތުގެ ތެރޭގައި ވެސް ދެމީހުން ސުލްހަވެ އަލުން ގުޅެން ބޭނުން ނުވާތީ އިއްޔެ ބޭއްވި އަޑު އެހުމަށްފަހު ވަނީ ދެމީހުން ވަރިކޮށްދީފަ އެވެ.

އަރްބާޒް އާއި މަލައިކާގެ 18 އަހަރުވީ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. އެހެންކަމުން ކޯޓުން ވަނީ އެ މީހުންގެ ދަރިފުޅު އަރްހާން ހުންނާނީ މަލައިކާ ކަރީގައި ކަމަށް ނިންމާފަ އެވެ. އަދި އަރްބާޒަށް ކޮންމެ ވަގުތަކުވެސް ދަރިފުޅާ ބައްދަލު ކުރުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.

މިދެމީހުން އިއްޔެ ވަރިވިއުރު ބުދަ ދުވަހުގެ ރޭ މުމްބައިގައި ބޭއްވި ޖަސްޓިން ބީބާގެ ކޮންސެޓަށް ވަނީ ދަރިފުޅު ގޮވައިގެން އެކުގައި ގޮސްފަ އެވެ.

އަށާރަ އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސް ދެމީހުން ވަކިވާން ނިންމާފައިވާކަން ހާމަކޮށް އަރްބާޒް އާއި މަލައިކާ މިދިޔަ އަހަރު ނެރުނު ސްޓޭޓްމަންޓެއްގައި އެމީހުން ވަކިވަނީ ދެމީހުންގެ ދެމެދަށް ތިން ވަނަ މީހަކު ވަން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައި ވެއެވެ.

އަރްބާޒް ކައިރިން ވަރިވާން ނިންމައި މަލައިކާ ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެމީހުންގެ ގެއިން ނިކުމެގެން ގޮސް އޭނާގެ ދަރިފުޅާއެކު ވަކިން ދިރިއުޅެން ފަށާފަ އެވެ.

މަލައިކާ އާއި އަރްބާޒް ވަރިވި ނަމަވެސް އަރްބާޒްގެ އާއިލާއާ މަލައިކާއާ އޮތް ގުޅުން ކުރިއެކޭ ވެސް އެއްގޮތެެވެ. އެ އާއިލާގެ އެކި ހަފްލާތަކުގެ މަލައިކާ ފެންނައިރު، މިފަހުން އަރްބާޒްގެ ކޮއްކޮ އަރްޕިތާގެ ދަރިފުޅުގެ އުފަަންދުވަހު ފާހަގަ ކުރަން ރާއްޖެ އައި އިރުވެސް މަލައިކާ އާއި އޭނާގެ ކޮއްކޮ އަމްރިތާ އަރޯރާ ވަނީ އެ އާއިލާގެ އެންމެނާއެކު އައިސްފަ އެވެ.