ފިނިޕޭޖް

ޓޮޕް ތިނަކާ ބައްދަލުކޮށްލަން އަވަހަށް ކަލާފާނު ސްކޫލަށް ދޭ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ފައިނަލް މާދަމާ ރޭ އޮންނައިރު އޭގެ ކުރިން ޓޮޕް 3 އާ ބައްދަލުކޮށްލަން ހަމަ ގައިމު ވެސް ތީގެ ތެރެއިން ވަރަށް ގިނަ މީހުން ބޭނުންވާނެ އެވެ. އެ ފުރުސަތު ނުލިބި ތިބި މީހުންނަށް މި ނޫން އިތުރު ފުރުސަތެއް ދެން ނުލިބޭނެ އެވެ.

ޓޮޕް ތިން ބައިވެރިން ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދު އެތިބީ ކަލާފާނު ސްކޫލްގައި ތި ސަޕޯޓަރުންގެ އިންތިޒާރުގަ އެވެ.

މިއަދު ހަވީރު 4:30 ން ފެށިގެން 6:00 ށް އެ ތިން ބައިވެރިން ސަޕޯޓަރުންނަށްޓަކައި އެ ސްކޫލްގައި ތިބޭނެ އެވެ. އެތަނަށް ޒިޔާރަތްކޮށް ބައިވެރިންނާ ވާހަކަ ދައްކާލައި، ސެލްފީ ނަގައި ހަދާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ވީއެންމެ އަވަހަކަށް ގުރޫޕް ހަދާފަ ކަލާފާނަށް ދާށެވެ.

ތިން ބައިވެރިން ވެސް ބުނެފައިވާ ގޮތުގައި އެމީހުންނަަށް އެންމެ މުހިންމު ބަޔަކީ ސަޕޯޓަރުންނެވެ. ސަޕޯޓަރުން އެމީހުންނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ވެސް ތިން ބައިވެރިންގެ ވެސް އެބަ އޮތެވެ. މިއީ އެ ތިން ބައިވެރިން އެ އުއްމީދުކުރަނީ ރަނގަޅަކަށް ކަމަށް ދައްކާލައި، އެމީހުންނާއެކު ސަޕޯޓަރުން ތިބިކަން ހާމަކުރަން ވެސް ރަނގަޅު ފުރުސަތެކެވެ.