ހަބަރު

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފި

May 12, 2017
9

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ. ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެން ފަހުން، އެމަނިކުފާނު އުޅުއްވަނީ އެ ގައުމުގައި ހިމާޔަތް ހޯއްދަވައިގެން އެވެ.

އެހެން ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ނަޝީދު ވަނީ ސްރީލަންކާއަށް ވަޑައިގެންފަ އެވެ. މިފަހުން ވެސް ދެތިން ފަހަރެއްގެ މަތިން ކައިރިކައިރީގައި އެމަނިކުފާނު ސްރީލަންކާއަށް ވަޑައިގަތެވެ. އެގައުމުގައި ހުންނަވައިގެން ސަރުކާރަށް އެކި ޕްރެޝަރުތައް އަންނަނީ ކުރިމަތި ކުރައްވަމުންނެވެ.

ނަޝީދު ލަންކާއިން ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ. ނަޝީދުގެ އާއިލާ ވެސް ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.