ފިނިޕޭޖް

ރޮނާލްޑޯގެ ޗުއްޓީ ރާއްޖޭގައި

May 12, 2017

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ ނަޒާރިއޯ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފި އެވެ.

ރޮނާލްޑޯ ޗުއްޓީ ހޭދަކުރަމުން ދަނީ ޝެވަލް ބްލެންކް ރަންދެލި ރިސޯޓުގައެވެ. ރޮނާލްޑޯ ވަނީ ރާއްޖޭގެ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އެ ފޮޓޯއަކީ ރޮނާލްޑޯ އަދި އޭނާގެ ލޯބިވެރިޔާ ސެލީނާ އެކުގައި ނަގާފައިވާ ސެލްފީއެކެވެ.

ރޭގަނޑުގެ ވަގުތުގައި ނަގާފައިވާ އެ ފޮޓޯ ޝެއާކުރަމުން ކެޕްޝަންގައި އެއްވެސް އެއްޗެއް ބުނެފައިނުވީ ނަމަވެސް އޭނާ ހުރީ ޝެވަލް ބްލެންކް ރަންދެލި ރިސޯޓުގަ ކަމަށް ވަނީ ބުނެފަ އެވެ.

ރޮނާލްޑޯ ރާއްޖެ އައިސްފައިވަނީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވެ އެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯ އޭނާ އިންސްޓަގްރާމްގައި ޝެއާކޮށްފައިވަނީ މީގެ 17 ގަޑިއިރު ކުރިންނެވެ.