ބޮލީވުޑް

ރަންބީރުގެ ކައިވެނީގެ ވާހަކަ ބޮޑުބޭބެ ދޮގުކޮށްފި

May 13, 2017

ބުރާސްފަތި ދުވަހު އިރުއޮއްސުނީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު، އޭނާގެ މަންމަ ދައްކާ މީހަކާ ކައިވެނިކުރަން އުޅޭ ހަބަރުންނެވެ.

އެ ހަބަރާއެކު ރަންބީރު އެތަކެއް އަންހެން ފޭނުންގެ ހިތްތައް ވަނީ ކުދިކުދިވެފަ އެވެ. އަނެއް ބަޔަކު ބަޔަކު ވަނީ އާއިލާއިން ދައްކާ މީހަކާ ރަންބީރު ހަމަ ހަގީގަތުގައި ވެސް ކައިވެނިކޮށްފާނެތޯ ސުވާލު އުފައްދާފަ އެވެ.

ކޮންމެއަކަސް ރަންބީރުގެ ކައިވެނީގެ ވާހަކަތއް ހުއްޓުމެއްނެތި ދެކެވެމުން ދަނިކޮށް އޭނާގެ ބޮޑުބޭބެ، ރަންދީރު ކަޕޫރު މިވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

ރަންބީރާއި ބަތަލާ ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލިފަހުން އޭނާގެ މަންމަ ނީތޫ ކަޕޫރު އަންނަނީ ރަންބީރު ދެވާނެ ކުއްޖަކު ހޯދަމުންނެވެ. އެގޮތުން މިފަހުން ރަންބީރާއި އޭނާގެ މަންމަ ލަންޑަނަށް ގޮސް އަންހެން ކުއްޖަކާ ބައްދަލުކޮސް ކައިވެންޏާ ބެހޭގޮތުން މަޝްވަރާ ކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަން ރަންދީރު ވަނީ ރަންބީރުގެ ފިލްމީ ކެރިއަރު ވަރަށް ރަނގަޅަށް ދ މި ދަނޑިވަޅުގައި އޭނާ ކައިވެނިކުރުމުގެ ހިޔާލު ނުގެންގުޅޭ ކަމަށެވެ.

" އަދި ރަންބީރަކީ ޒުވާނެއް. މިހާ ބޮޑު ކާމިޔާބީއެއް ލިބިފައި ވަނިކޮށް އަވަހަށް ކައިވެނިކޮށް ކެރިއަރު ހަރާބުކުރާކަށް އޭނާ ނޫޅޭ" ބޮޑުބޭބެ ރަންދީރު ބުނެފައިވެ އެވެ.

ރަންބީރު ކެރިއަރުގައި ކައިރިކައިރީގައި ގިނަ ފްލޮޕް ފިލްމުތަކެއް ކުޅެފައިވީ ނަމަވެސް އޭނާގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށް ރަންދީރު ވަނީ ބުނެފަ އެވެ. އަދި އެހާ ޒުވާން އުމުރުގައި ފިލްމީ ދާއިރާގެ އެންމެ އުހަށް ދެވި އޭނާ އަށް ލިބެމުންދާ ކާމިޔާބީ އަކީ އެ އާއިލާ އެންމެން ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދެހާސް ހަތްވަނަ އަހަރު "ސާވަރިޔާ" އިން ބޮލީވުޑަށް ނިކުތް ރަންބީރު ވަނީ ކާމިޔާބު ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ. އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު 'އޭ ދިލްހޭ މުޝްކިލް" އިންނެވެ. އެ ފިލްމުގައި ރަންބީރު ވަނީ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ އައިޝްވާރިޔާ ރާއި އާއި އަނުޝްކާ ޝަރްމާ އާއެކު ފެނިގެން ގޮސްފަ އެވެ.

ރަންބީރު މިހާރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަގަމުން އަންނައިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖުލައި މަހު ރިލީޒްކުރާ "ޖައްގާ ޖާސޫސް" އިން ކުރީގެ ލޯބިވެރިޔާ ކެޓްރީނާ އާއެކު އެވެ.