ވިޔަފާރި

ބާޒާރާ އެއް އަގެއްގައި އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

May 13, 2017
6
0%
0%
0%
  • ފިޔާ ބަސްތާއެއް 170ރ. އަށް
  • ބިސް ކޭހެއް ވިއްކަނީ 270ރ. އަށް
  • އަލުވި ބަސްތާއެއް ވިއްކަނީ 220ރ. އަށް
އެސްޓީއޯއިން މިދިޔަ ރޯދަ މަހު ފިޔާ، އަލުވި އަދި ބިސް ވިއްކަނީ.

ބާޒާރާ އެއް އަގެއްގައި އެސްޓީއޯ އިން ފިޔާ، އަލުވި، ބިސް ރާއްޖެ ގެނެސް ވިއްކަން ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ރޯދައަށް ފިޔާ، އަލުވި އަދި ބިސް ގެނެސް މިއަދު މެންދުރުފަހުން ފެށިގެން ދަނީ ވިއްކަމުންނެވެ. ފިޔާ ބަސްތާއެއް އެ ކުންފުނިން ވިއްކަނީ 170ރ. އަށް ވިއްކާއިރު ވަކިން ފިޔާ ކިލޯއެއް ވިއްކަނީ އަށް ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 270ރ. އަށެވެ. ވަކިން ވިއްކަނީ 1.50ރ. އަށެވެ. މީގެ އިތުރުން އަލުވި ބަސްތާއެއް 220ރ. އަށެވެ.

އެސްޓީއޯއިން މި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފެށިއިރު، މިއަދު ބާޒާރުގައި މި ބާވަތްތައް ލިބެން ހުރީ ވެސް ގާތްގަނޑަކަށް މި އަގުގަ އެވެ.

ފިޔާ ބަސްތާއެއްގެ އަގު ހުރީ 160-170ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެއީ ފިޔާ ކިލޯއެއް ގާތްގަނޑަކަށް 9ރ. އާއި 10ރ. އަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ހުރީ 220-250ރ. ގަ އެވެ. އަދި ބިސް ކޭހެއް ލިބެން ހުރީ 270ރ. އަށެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން މި ބާވަތްތައް ގެނެސްފައިވާއިރު، މި އަގުތަކަކީ މިދިޔަ އަހަރާ ގާތްގަނޑަކަށް އެއް އަގެކެވެ. މިދިޔަ އަހަރުގެ ރޯދަ މަހު އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 160ރ. އަށެވެ. އަދި ބިސް ކޭހެއް ބިސް ކޭހެއް: 275ރ. އަށް ވިއްކިއިރު އަލުވި ބަސްތާއެއް ވިއްކާފައިވަނީ 250ރ. އަށެވެ. ނަމަވެސް މިދިޔަ އަހަރު ބާޒާރުގައި މި ބާވަތްތައް އަގު އުފުލުނެވެ. އެސްޓީއޯއިން މިދިޔަ އަހަރު މި ބާވަތްތައް ގެނައިއިރު ފިޔާ ބަސްތާއެއް ހުރީ 260ރ. ގަ އެވެ. އަދި އަލުވި ބސްތާއެއް ހުރީ 290ރ. އަށެވެ. އަދި ބިސް ކޭހެއް ހުރީ 450ރ. އަށެވެ.

އެސްޓީއޯއިން ވަނީ މި އަހަރު ބާޒާރު ހަމައަށް އަޅުވަން މުޅިރާއްޖެއަށް ބަހާލައިގެން މި ބާވަތްތައް ގެންނަން ހާއްސަ ޕްލޭނެއް ކޮށްފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަފްޞާ / މާލެ

ސަރުކަރުގެ ވެރިންނާ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާ އެމީހުންގެ ޢާއިލާތަކުން ސަރުކާރަށް ވޯޓްދިންނަމަވެސް ލޯކަލް ކައުންސިލް ސަރުކަރު ކާމިޔާބުކުރީސް! އަދި ކޮބައިތޯ އެއްކަލަ 11000 ފޯމް؟ "ނަކަސް " އެބުނީ ހެޔޮކޮށް! އެކަމަކު އިޚްލާޞްތެރިކަމަކީ ފެންނަކަމެއްނޫން! އެއީ ހިތުގައިވާ ކަމެއް!

ޝާން

އެސްޓީއޯގެ ބުރަމަސައްކަތްތައް އަޅުގަނޑުމެން ފާހަގަކުރަން

އަލީ ސަލީމް

ބާޒާރާ އެއް އަގެއްގައި ވިއްކުން މައްސަލައެއްނޫން ރޯދަ ނިމެންދެން އެއްއަގެއްގައި ހިފެހެއްޓޭ ކަމަށް ވަންޏާ. މައްސަލައަކީ ހެސްކިޔާފަ އަގު އުފުލިގެންދާތީ، އެއީ ވިޔަފާރިވެރިން ގަސްތުގަވެސް ކުރާކަމެއް، އާޓިފިޝަލް ސަޕްލައި ކޮންސްޓްރެއިން އުފައްދައިގެން.

ަފަސީ

ތިކުރާ މަސައްކަތައް ސާބަސް އެސްޓީއޯ

ނަކަސް

ބާޒާރުގެ ފިހާރަތަކުން އެސް.ޓީ.އޯވުރެން ބިސް.ފިޔާ.އަލުވިއަގުހެޔޮ ތިކަމެންނުކުރެވޭނެ އިސްވެރިންގެއިހްލާސްތެރިކަންނެތޭ މިފަހަރުގެއިންތިހާބުތިހިރީއެގިފާޅުވާން ބަލަ ހުޅުމާލޭ ގާސައިމަންހިންގިޖަރީމާއަކީ ހައިމާކްހިފައިގެންގޮސްފުލެޓުތަކުގާތިބިޅަދަރިންބިރުގެންނެވިގަވާއިދާހިލާފަރާނާފައިވާތަނެކޭކިޔާފައި ތަޅާސުންނާފަތިކުރި ކޮމްޕެނީ ތަކުގާތި އެމްޑީނަކީ މިސަރުކާރާދެކޮލައްކެންޕޭނުކުރާކަން ވަރައްސާފު ވީމާދެންވެސްވިސްނާލުންރަގަޅުވާނެ

ވަސީމު

ކިތަންމެ އަގުހެޔޮކޮށް ވިއްކިޔަސް ރޯދަ އިނާޔަތު ފައިސާކޮޅު ލިބިގެން ނޫނީ ނެތް އެއްޗެއް ގަނެވޭކަށް. ރޯދަ މަސް ބޯމަތިވިއިރު އެބުނަނީ ފައިސާކޮޅު ލިބޭނީ މިމަހުގެ މުސާރާއާއެއްކޮށޭ. ޜޯދަ މަސް ފެށެނީ މިމަހުގެ 27 ވަނަ ދުވަހު. މުސާރަވެސް މިލިބެނީ 27 ގައި. ތަންކޮޅެއް ކުރިން ދީގެންދޯ ކަމެއްވެސް ކޮށްލެވޭނީ. އެންމެންނަށް މުސާރަދީ ނިމޭނީ ފަސްވަރަކަށް ދުވަސްފަހުން. މުސާރައާއެއްކޮށް ޖަމާވުމުން ދިމާވާނެ އަނެއްކަމަކީ އޭޓީއެމް ތަކަށް ބާރުބޮޑުވެ އޮންނާނީ ޚިދުމަތް ކެނޑިފައި. ރައްޔިތުން މިޖެހެނީ ގަނަތެޅެން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345