ކުޅިވަރު

ކޮންމެ ނަތީޖާއެއް ނިކުތަސް، ބެލަންޑޯ ބުފޯންއަށް ހައްގު

May 14, 2017

ޗެމްޕިއަންސް ލީގް ފައިނަލުގައި ކޮންމެ ނަތީޖާއެއް ނުކުތަސް މިއަަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ބެލެންޑޯ އެވޯޑް، ޔުވެންޓަސްގެ ކީޕަރު، ޖިއާންލުއީޖީ ބުފޯންއަށް ހައްގު ކަމަށް އެ ޓީމުގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

އެލެގްރީ ބުނީ، މި ސީޒަންގައި ޑޮމެސްޓިކް އަދި ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް، މި ސީޒަންގައި ލިޑް ކުރުމުގެ ފަހަތުގައި ވަނީ، ބުފޯންގެ އާދަޔާ ހިލާފު ޕާފޯމަންސް ކަމަށެވެ.

"މި އަހަރު ކޮންމެ ނަތީޖާއެއް ނިކުތަސް، ބުފޯންއަށް މިއަހަރުގެ ބެލަންޑޯ ހައްގުހެން އަހަންނަށް ހީވަނީ،" އެލެގްރީ ބުންޏެވެ.

އޭނާ ބުނީ، މީގެ ކުރިން ވެސް، ބެލަންޑޯ އެވޯޑް ބުފޯންއަށް ލިބެންޖެހޭ ފަހަރެއް ހިނގައްޖެ ކަަމށާއި 2006 ވަނަ އަހަރު އިޓަލީ ވޯލްޑްކަޕް ހޯދީ ބޫފޯންގެ މޮޅު ކުޅުމުން ކަމަށެވެ.

"ބުފޯންގެ ކެރިއާއަކީ އާދަޔާ ހިލާފް ކެރިއާއެއް." ޔުވެންޓަސްގެ ކެޕްޓަނާ ބެހޭގޮތުން ކޯޗް ބުންޏެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އިޓާލީގެ ކުރީގެ ފޯވަޑް އެންޓޯނިއޯ ކެސާނޯ ބުނެފައި ވަނީ، މިސިޒަންގެ ޗެމްޕިއަންސް ލީގް ބުފޯން ހޯދައިފިނަމަ، ބެލެންޑޯ އެވޯޑް ހޯދުމުގެ އެންމެ ސާފް ނަމަކަށް ވެގެންދާނީ ބުފޯންގެ ނަން ކަމަށެވެ.