މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-1 ގެ ނަތީޖާއިން ޓޮޓެންހަމްހޮސްޕާ ހޯދި މޮޅަކީ، ދުވަސްވީ ވައިޓްހާޓްލޭން ސްޓޭޑިއަމްއަށް ފުރިހަމަ ގޮތުގައި ކީ އަލްވާދާއު ކަމަށް، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ވައިޓްހާޓްލޭންގެ ބާ ސްޓޭޑިއަމް ތަޅާލައި އެތަނުގައި އާ ސްޓޭޑިއަމްއެއް އެޅުމުގެ މަސައްކަތައް، ކުރިއަށް އޮތް ދެ އަހަރު ވަންދެން، ޓޮޓެންހަމްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި އެޓީމުން ބޭނުން ކުރާނީ، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް އެވެ.
ވައިޓްހާޓްލޭންގެ އަލްވަދާއުގެ އިތުރުން، ރޭ ގެ މޮޅާއެކު. މިދިޔަ ބައިގަރުނު ތެރޭ އެންމެ މަތީ ލެވަލްގައި ސިޒަން ނިންމާ ލެވުނީ މި ސީޒަންގަ އެވެ. ޓޯޓެންހަމް އިނގިރޭސި އެންމެ މަތީ ލީގް އެންމެ ފަހުން ހޯދީ 1963 ވަނަ އަހަރު އެވެ.
ވިކްޓާ ވަންޔާމާ އާއި ހެރީކޭންގެ ދެ ލަނޑުން ހޯދި މޮޅަކީ، އަމިއްލަ ދަނޑުގައި ޓޯޓެންހަމްއިން ޖެހިޖެހިގެން ހޯދި 17 ވަނަ މޮޅެވެ. މެޗުގައި ޔުނައިޓަޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން، ވޭން ރޫނީ އެވެ.
ވައިޓްހާޓްލޭންގައި މެޗުތައް ކުޅެން ފެށީ 1909 ވަނަ އަހަރު އެވެ. މީގެ 108 އަހަރު ކުރިން، އެ ސްޓޭޑިއަމްގައި ޓޯޓެންހަމް ކުޅުނު ފުރަތަމަ މެޗުވެސް ކުޅުނީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށެވެ.
ކުރިއަށް އޮތީ، ބްލްޑޯޒަރު ތަކުން ސްޓޭޑިއަމް ތަޅާ ފުނޑުފުނޑު ކުރުމުގެ ވަގުތު ކޮޅު ތަކެވެ. ނުވަތަ، އޭގެ ކުރިން، ޓޮޓެންހަމްގެ ލެޖެންޑުން ވައިޓްހާޓް ލޭންއަށް ޒިޔާރަތްކޮށް، އެންމެ ފަހު ވާދާއު އެ ދުވާސްވީ ސްޓޭޑިއަމްއަށް އަދާ ކުރާނެ އެވެ. ރޭގެ މެޗުގައިވެސް، އެޓީމަށް ކުޅުނު ހާއްސަ ކުޅުންތެރިންކަމަށްވާ ޓެޑީ ޝެރިންގަމް އާއި ލެޑްލީ ކިންގް އަދި އެހެން ބައެއް ކުޅުންތެރިން ސްޓޭޑިއަމްއަށް އައިސްފަ އެވެ. މެޗަށްފަހު ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިން ދަނޑަށް އަރައި، އެންމެ ފަހުގެ ވަދާއު އެ ސްޓޭޑިއަމްއަށް އަދާ ކުރި އެވެ.
ވައިޓްހާޓްލޭންގައި ކުޅޭ އެންމެ ފަހު ސީޒަންގެ އެންމެ ފަހު މެޗަށްފަހު، ޕޮޗެޓިނޯ އާއި އޭނާގެ ކުޅުންތެރިން ވަނީ ވައިޓްހާޓްލޭންގައި ހޭދަ ކުރި ދުވަސްތަކުގައި ސަޕޯޓަރުންގެ ފަރާތުން ދިން އެއްބާރުލުމަށް، ޝުކުރު އަދާ ކޮށްފަ އެވެ.
"މިއީ ވަރަށް ބޮޑަށް އިހްސާސްތަކާ ކުޅެލި ޖަޒުބާތުން ފުރިފައިވާ މެޗެއް، އަދި މެޗަށް ފަހު އޮރް ރަސްމިއްޔާތުވެސް، މި އިހްސާސްތައް ސިފަކޮށްދޭންވެސް އުނދަގޫ،" މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓިނޯ އޭނާގެ ޝުއޫރުތައް ބަންޑުންކޯށްލި އެވެ.
"މިފަދަ ތާރީހީ ކުލަބެއްގައި، މިފަދަ ހާއްސަ ވަގުތު ކޮޅެއް ހޭދަ ކޮށްލަން އަހަންނަށް ލިބުމުން އަހަންނަކީ ވަރަށް ނަސީބުގަދަ މީހެއް، .. އަހަރެމެން ޗެލްސީ ލީގް ކާމިޔާބު ކުރުމުން އަހަރެމެން މިތިބީ މާޔޫސްވެފައި، ނަމަވެސް ފަހަތައް ޖެހެންވީ ސަބަބެއް ނެތް، އަހަރެމެންނަށް ބުނެވެން އޮތް އެއްޗަކީ އަންނަ އަހަރު، ލީގް ކާމިޔާބު ކުރުމަށް އަހަރެމެންނަށް ވަރަށް ބުރަކޮށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން."