ދުނިޔެ

އެކަކު ސަލާމަތް ކުރަން އުޅެނިކޮށް ޗައިނާގެ އާއިލާއެއް އެއްކޮށް ގެނބި މަރުވެއްޖެ

Apr 6, 2015
1

އާއިލާގެ މެމްބަރަކު ގެނބުމުން އޭނާ ސަލާމަތް ކުރުމަށް ފުންމާލި ޗައިނާގެ އާއިލާއެއްގެ ހަ މެމްބަރުން ވެސް ގެނބިގެން މަރުވެއްޖެ އެވެ.

ދެކުނު ޗައިނާގެ އަވަށަކަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުމުގެ ތެރޭގައި ފުރަތަމަ ކޯރަށް ފުންމާލީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ކޯރަށް ވެއްޓުނީ ޗައިނާގެ ދީނީ އަޅުކަމެއްގައި ބައިވެރިވުމަށް ފަހު އަތް ދޮންނަ އުޅެނިކޮށެވެ. 

މަންޒަރު ދުށް މީހަކާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން އޭނާ ސަލާމަތް ކުރުމަށް އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން 13 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ދެެ ކޮއްކޮ ވެސް މަސައްކަތް ކުރި އެވެ.

މި އާއިލާގެ އެއްވެސް މެމްބަރަށް ރަނގަޅަށް ފަތާކަށް ނޭނގެ އެވެ. ފުރަތަމަ ގެނބުނު އަންހެން ކުއްޖާ މަރުވާތަން ބަލަން ތިބެން ބޭނުން ނުވާތީ އާއިލާގެ ދެން ތިބި މީހުން ވެސް ފުންމާލުމުން އެ މީހުން ވެސް މަރުވީ އެވެ.