ވަޅި ހެރުން

މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

May 15, 2017
7

މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލްގެ ސަރަހައްދުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ ގާތްގަނޑަކަށް 10:9 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ މީހަކު އެ ސަރަހައްދުގައި ޒަހަމްކޮށްލާފައިވާ ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު ދިން ހަމަލާގައި ވެފައިވާ ޒަހަމްތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައި ވަނީ ވަޅިންނެވެ. އޭނާގެ ބުރަކަށީގެ ބައެއް ތަންތަނަށް ވަޅިހަރާފައިވާ ކަމަށް ވެއެވެ.

ފުލުހުން ގެންދަނީ އެ ހަމަލާ ބަލައި ތަހުގީގު ކުރަމުންނެވެ.