ދުނިޔެ

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކޮށްފާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

May 16, 2017

އިޒްރޭލުން އެގައުމުގެ ވެރިރަށް ހަދަން މަސައްކަތް ކުރާ ގުދުސަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމަކީ އެމެެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އޭނާގެ ވާހަކަ މިހާރު ހުރި ގޮތުން އެކަން އެގޮތަށް ކުރައްވައިފާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އިޒްރޭލް ސަރުކާރާ އެމެރިކާއާ ދެމެދު އެކަމުގައި ނުތަނަވަސްކަމެއް އުފެދުނީ އިރުމަތީ ގުދުސްގައިވާ ޔަހޫދީން މުގައްދަސް ތަނެއްގެ ގޮތުގައި ބަލާ ވެސްޓާން ވޯލްް އަކީ އިޒްރޭލުގެ ބައެއް ނޫން ކަަމަށް އެގައުމުގައި ހުންނަވާ އެމެރިކާ ސަފީރު ވިދާޅުވުމުންނެވެ.
ޓްރަމްޕް އިޒްރޭލަށް ކުރައްވަން އުޅުއްވާ ދަތުރުފުޅާ ބެހޭ ތައްޔާރީ ތައް ރޭވުމަށް ބޭއްވި ބައްދަލުވުމެއްގައި އެމެރިކާ ސަފީރު ވިދާޅުވީ ވެސްޓާން ވޯލް އަށް ޓްރަމްޕްް ކުރައްވާ ޒިޔާރަތުގައި އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެ ސަރަހައްދަކީ އިޒްރޭލުގެ އަމުރުގެ ދަށުގައިވާ ސަރަހައްދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް އިޒްރޭލުގެ ޗެނަލް2 ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

ޗެނަލް 2 ގެ ރިޕޯޓާ ގުޅިގެން އިޒްރޭލު ސަރުކާރުން ބުނެފައި ވަނީ ސަފީރު ކުރެއްވި ކޮމެންޓްތަކާ ބެހޭ ތަފުސީލު އެެމެރިކާ ސަރުކާރުން ދޭން ޖެހޭަނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އެކަމާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ފަލަސްތީނުގެ ގުދުސް އަކީ ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ވެސް އެދައުލަތުގެ ބައެއް ނޫނެވެ. އިޒްރޭކލުން އެރަށް ހިފީ 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައެވެ. - ރޮއިޓާސް