ބޮލީވުޑް

އަޖޭ އާއި ކާޖޮލް ޗުއްޓީއަކަށް ރާއްޖެ އަންނަނީ

May 18, 2017
2

މަޝްހޫރު އެކްޓަރު އަޖެ ދޭވްގަން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ގޯލްމާލް އެގެއިން" ގެ މުމްބައިގައި ނަގަން ޖެހޭ މަންޒަރުތައް ނަގައި ނިމުމުން އާއިލާ ގޮވައިގެން ޗުއްޓީ އަކަށް ރާއްޖެ އަންނަން ވަނީ ނިންމާފަ އެވެ.

އަންހެނުން، މަޝްހޫރު ބަތަލާ ކާޖޮލް އާއި ދެ ކުދިން ކަމަށްވާ ނައިސާ އާއި ޔުގް އަދި އަޖޭގެ ދެ އަންހެން ކޮއްކޮއިންނާއެކުކ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައުމަށް ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ބޮލިވުޑްގެ ނޫސްތަކުގައިވާ ގޮތުން އަޖޭ އާއި ކާޖޮލް އާއެކު އެ ދެތަރިންގެ އާއިލާގެ އިތުރު މެމްބަރުންތަކެއް ވެސް އަންނާނެ ކަމަށްވެ އެވެ.

ހަބަރުތައް ބުނާގޮތުން އާއިލާ އާއެކު ޗުއްޓީއެއް ހޭދަކުރަން އަޖޭ ނިންމީ ޖެހިޖެހިގެން އެކި ފިލްމުތަކުގެ ޝޫޓިންތަކުގައި އޭނާ ހަރަކާތްތެރިވަމުން އަންނަތާ ފަސް މަސް ދުވަހަށް ވުރެން ގިނަ ދުވަސްވެފައިވާތީ އެވެ. އަދި ޑައިރެކްޓަރު ރޯހިތު "ގޯލްމާލް އެގެއިން" ގެ މުމްބައި ޝެޑިއުލްގެ ޝޫޓިން ނިންމާލައި އިތުރު ޝެޑިއުލެއްގެ ޝޫޓިން ފެށުމުގެ ކުރިން އެނާ ހޮސްޓްކުރާ ރިއަލިޓީ ޝޯ ހަތްރޯންކީ ކިލާޅީގެ ޝޫޓިން އަށް އިންޑިއާއިން ބޭރަށް ދާން ޖެހޭތީ އެ ފިލްމުގެ ޝޫޓިން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ.

މިފަހުން އަޖޭ ސޯޝަލް މިޑިއާގައި ވަނީ ހުއްޓާނުލާ އޭނާ މިދިޔަ ފަސް މަސް ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށާއި ޗުއްޓިއެއް ނަގަންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް ލިޔެފަ އެވެ.

އަދި ކާޖޮލްގެ ވެސް ފުރަަތަމަ ތަމަޅަ ފިލްމު "ވީއައިޕި 2" ގެ ޝޫޓިން މިފަހުން ނިމި މިހާރު އޭނާ ވެސް އިތުރު އެއްވެސް މަސައްކަތެއް ނުކުރާތީ އާއިލާ އާއެކު މަޖާ ޗުއްޓީ ދަތުރެއް ހޭދަކުރަން ރާއްޖެ އަންނަނީ ކަމަށްވެ އެވެ.

މިދެތަރިންނާއި އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ދުވަސް އަދި ހާމަކޮށްފައި ނުވި ނަމަވެސް ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާނެ ކަމަށްވެ އެވެ.

" އެ އާއިލާ ރާއްޖެގައި ޗުއްޓީ ހޭދަކުރުމުގެ ހުރިހާ އިންތިޒާމެއް ވަނީ ހަމަޖެހިފައި. އެމީހުން އެންމެން ތިބީ މި ޗުއްޓީ އަށް ރާއްޖެ އާދެވެތީ އުފަލުން" ބޮލީވުޑްގެ ނޫސްތަކުގައި އަޖޭ އާއި އާއިލާ ރާއްޖޭގައި ހޭދަކުރަން ހަމަޖެހިފައިވާ ޗުއްޓީއާ ބެހޭގޮތުން ވެ އެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ ތަރިންގެ އެންމެ ފެވަރިޓް ހޮލިޑޭ ޑެސްޓިނެޝަނަކަށް ރާއްޖެ މިވަނީ ވެފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސްފައިވާއިރު، މިފަހުން ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ވަނީ ސީޖީ އިންޑިއާ މެގަޒިންގެ ޝޫޓިންވެސް ރާއްޖޭގައި ނަގާފަ އެވެ.