ކުޅިވަރު

އިޓާލިއަން ކަޕް ޗެމްޕިއަންކަން ޔުވެންޓަސް

May 18, 2017

ފައިނަލުގައި ލާޒިއޯގެ މައްޗަށް -0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި އެވެ.

މި ކާމިޔާބީއާއެކު، އެޓީމަށް ވަނީ، މިސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު ލިބިފަ އެވެ. އިޓާލީގެ ސޭރިއާގެ ޗެމްޕިއަންކަން ހޯދަން، އެޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެވެ. އަދި އެ ޓީމު އޮތީ ޗެމްޕިއަސް ލީގް ކާމިޔާބު ކުރަން އެ ޓީމު އޮތީ އެމުބާރާތުގެ ފައިނަލުގަ އެވެ.

ވެރިރަށް ރޯމްގެ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޔުވެންޓަސް މޮޅުކޮށްދިން ދެ ލަނޑުވެސް ކާމިޔާބު ކުރީ، ފުރަތަމަ ހާފުގަ އެވެ. ޑެނީ އަލްވޭސް އާއި ލިއާނާޑޯ ބަނޫޗީ ކާމިޔާބު ކުރި ލަނޑުތަކުން، މެޗު ކާމިޔާބު ކުރާނެ ކަމަކުގެ ޔަގީން ކަން، ޔުވެންޓަސްއިން ހޯދި އެވެ.

ދެ ވަނަ ހާފުގައި، ލާޒިއޯގެ ކުޅުން ރަނގަޅުކޮށް، ޔުވެންޓަސްއަށް ބާރު ބޮޑު ކުރި ނަމަވެސް، ޔުވެންޓަސްއިން ވަނީ ލަނޑެއް ޖެހިޔަ ނުދީ އެ ޓީމު ހިފަހައްޓާފަ އެވެ.

މެޗުގައި ލާޒިއޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، މެޗުގެ ކުރީ ކޮޅު ކޭޓާ ބަލޭޑިއާއޯ އަށެވެ. ޕެނަލްޓީ އޭރިއާއަށް ވަދެ އޭނާ ފޮނުވާލި ބޯލަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

އިޓަލިއަން ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ، ޔުވެންޓަސް އެވެ. މިއީ އެޓީމުން މުބާރާތް ކާމިޔާބު ކުރި 12 ވަނަ ފަހަރެވެ. މިދިޔަ ތިން އަހަރުވެސް މުބާރާތުގެ ޗެމްޕިއަނަކީ އެޓީމެވެ.