މޫސުން

އދ. އޮމަދޫ ދޯންޏެއް ބަންޑުން ޖަހާލައިފި

އދ. އޮމަދޫ ކަންނެލި ދޯންޏެއް ދޯންޏެއް މަހަށް ނުކުމެ އުޅެނިކޮށް ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ. މި ހާދިސާގައި އެ ދޯނީގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅު ބޮލިފުށި ކައިރިއަށް ކަމަށާއި އެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި ކޯސްޓް ގާޑުން މިހާރު ހަރަކާތްތެރި ވަމުން އެބަދެ އެވެ.

އަޑިއަށް ގޮސްފައި ވަނީ "ކަނޑުރޯދި" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި އަދިވެސް ނުފެން އެވެ. ދޯނީގައި ދަތުރުކުރި 10 މީހުން ސަލާމަތް ކޮށް އޮމަދޫއަށް ގެންގޮސްފައިވާއިރު އެ މަސައްކަތް ކުރީ ދޯނިގެ ވެރިފަރާތުން އެ ސަރަހައްދަށް ލޯންޗެއް ފޮނުވައިގެނެވެ.

ކަނޑުމަތީގެ އެ ހާދިސާގެ އިތުރު ތަފުސީލުތަކެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރި ފިޔަވަޅުތައް އަޅައި ސަމާލުވުމަށް މޫސުމާބެހޭ އިދާރާ އާއި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.