ކުޅިވަރު

ކުޑަ ހުސެން އެކެޑަމީގެ މެރަތޮންއަށް ބޮޑުތަރުހީބެއް

May 18, 2017

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ "ކުޑަ ހުސެން ސްޕޯޓްސް އެކެޑަމީ" ނުވަތަ ކޭއެޗް އެކެޑަމީއިން މާދަމާ ބާއްވާ "ކޭއެޗް މޯލްޑިވްސް މެރަތޮން"އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ކުޑަހުސައިން ބުނެފި އެވެ.

އެކި ކެޓަގަރީތަކާއެކު، ކޭއެޗް އެކަޑަމީން ފުރުސަތު ހުޅުވާލީ 200 ބައިވެރިން ނަށެވެ. ކުޑަ ހުސައިން ބުނީ، މިހާރުވެސް ރޭހުގައި ބައިވެރިވުމަށް ބައެއް ފަރާތްކުން ގުޅަމުން ގެންދާ ކަމަށެވެ.

މާދަމާ ހެނދުނު ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މެރަތޮންގައި 500 މީޓަރު އަދި 1000 މީޓަރު އަދި ދެ ކިލޯމީޓަރުގެ ކެޓަގަރީ ހިމެނެ އެވެ.

ފައްސަތަކޭ ކިލޯމިޓަރުގެ ކެޓަގަރީ ހާއްސަކޮށްފައި ވަނީ ހަތަރު އަހަރާއި އަށް އަހަރާ ދެމެދުގެ ކުޑަ ކުދިން ނަށެވެ. އަދި 1000 މީޓަރުގައި ދުވާނީ ނުވަ އަހަރާއި 12 އަހަރުގެ ކުދިން ނެވެ. ދެން އޮތީ ދެ ކީލޯ މިޓަރުގެ ދުވުމެވެ. ދެ ކިލޯ މީޓަރުގައި ފުރާވަރުގެ އުމުރުން ފެށިގެން ބޮޑެތި މީހުންނަ ށެވެ.

ރޭސް ފަށާ ޕޮއިންޓާކީ ރަސްފަންނު ސަރަހައްދެވެ. އަދި ނިންމާ ޕޮއިންޓަކީ ސްނާމީ ބިނާ ސަރަހައްދުގައި ފާހަގަ ކޮށްފައިވާ ސަރަހައްދެވެ. ފައްސަތޭކަ ކިލޯމީޓަރަކީ ރަސްފަނުން ފެށިގެން ސްނާމީ ބިނާއާ ހަމަޔަށް އެއްބުރެވެ. އަދި ކިލޯމީޓަރަކީ އެ ދެމެދުގައި ދެބުރެވެ. ދެ ކިލޯމީޓަރަކީ އެ ދެމެދުގައި ހަތަރު ބުރެވެ.

ރޭސްތަށް ފަށާ ގަޑިއަކީ މާދަމާ ހެދުނު 7:00 ޖާހާއިރު އެވެ. ފައްސަތޭކަ ކިލޯމީޓަރުގެ ރޭސް ހެދުނު ހަތެއް ޖަހާއިރު ފަށާނެ އެވެ. އެއްހާސް މީޓަރުގެ ރޭސް ފަށާނީ 7:30 ގަ އެވެ. ދެ ކިލޯމީޓަރުގެ ރޭސް ފަށާނީ ހެދުނު 8:00 ގަ އެވެ.

މިއީ ކޭއެޗް މޯލްޑިވްސް މެރަތޮންގެ ދެ ވަނަ ސީރީޒް އެވެ. ކުޑަހުސައިން އެކެޑަމީން ބުނީ މެރޮތޮންގެ މަގުސަދަކީ ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމަށާއި މަޖާ މާހައުލެއްގައި ކުޑަކުދިންނަށް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.