ލައިފްސްޓައިލް

ބޮޑުބެ ފުރަތަމަ ވެސް ނެރެނީ މަދަހައެއް

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އެންޓަޓެއިނާ އަކީ އިބްރާހިމް ވަހީދު (ބޮޑުބެ) އެވެ. ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި އެވެ. ބޮޑުބެގެ އަޑުގެ ޖާދުލުގަިއ ޖެހުނު މީހުން ތިބީ ބޮޑުބެ އަޑު އަނެއްކާވެސް އަހާލަން ލިބޭނެ ފުރުސަތެއްގެ އިންތިޒާރުގަ އެވެ. އަންނަ ހުކުރު ދުވަހު އަނެއްކާވެސް އެ ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް މިފަހަރު ލަވަޔަކުން ނޫނެވެ. މިފަހަރު ބޮޑުބެ ކިޔާނީ މަދަހަ އެކެވެ. "ފަޖުރު" ނަމުގައި ހަދާ އަލްބަމް އެއްގައި ހިމެނޭ މަދަހަ އެކެވެ. މިއީ ބޮޑުބެގެ ފުރަތަމަ މަދަހަ އެވެ. އަދި ބޮޑުބެ އަޑުން އިވޭ ފުރަތަމަ އުފެއްދުމެވެ.

އެ މަދަހަ ހިމެނޭ އަލްބަމް އަންނަ ހުކުރު ދުވަހު ރިލީޒް ކުރާނެ އެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. ބޮޑުބެ ބުނީ މިއީ ރޯދައަށް ފޭނުންނަށް ދޫކޮށްލާ ހަދިޔާއެއް ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށްފަހު ބޮޑުބެ މިވަނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އާ ގުޅިފަ އެވެ. ބޮޑުވެގެ އަޑުން މަދަހައެއް ނެރޭއިރު ވަރަށް އަވަހަށް ބޮޑުބެގެ އަމިއްލަ ސޯލޯ އަލްބަމެއްގެ މަސައްކަތް ފަށާނެ އެވެ. ނަމަވެސް އޭގެ މަސައްކަތް ފަށާނީ ވޯކަލް ޓްރޭނިން ހެދުމަށްފަހު އެވެ.

ބޮޑުބެ މޯލްޑިވިއަން އައިޑޮލްގެ ދަތުރާއި ވަކިވާން ޖެހުނީ އައިޑޮލްގެ ގަދަ ފަހަކުންނެވެ. އެހާ ހިސާބުން އައިޑޮލް އިން ވަކިވި ނަމަވެސް ބޮޑުބެ އުންމީދުތައް ބޮޑެވެ. ރާއްޖޭގެ އެންމެ މޮޅު ލަވަ ކިޔުންތެރިޔާއަށް ވުމަކީ ބޮޑުބެގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ބޮޑުބެ ހުރި އަތުކުރި އޮޅާލައިގެންނެވެ.

އެންމެ ފުރަތަމަ ބޮޑުބެ ލަވަކިޔަން ފެށީ 2013 ވަނަ އަހަރެވެ. އެ ދުވަސްވަރު ބޮޑުބެ ލަވަ ކިޔާފައިވަނީ ރަށުގައި ބާއްވާ ބައެއް އީދު ޝޯތަކުގަ އެވެ.