ލައިފްސްޓައިލް

ޝަލަބީގެ "މަންމަ" މަދަހައިން ފުން އަސަރުކޮށްފި

ސަދަގާތު ފައުންޑޭޝަނުން ރޭ މާލޭގައި ބޭއްވި "މަންމަ" ދަރުސް ބެލި މީހުން ގައިމުވެސް ރޮއްވާލި އެވެ. ދަރުސު ދެއްވާފައިވާ ގިނަ ބަައެއްގެ ސަމާލުކަން ރާއްޖޭގައި އޮންނަ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އާދަމް ޝަމީމެވެ. އެ ދަރުސްގައި މަންމައަކީ ކިހާ މުހިންމު ފަރާތެއް ކަމަށާއި މަންމައަށްޓަކައި އަދާ ކުރަން ޖެހޭ ހުރިހާ ހައްގުތަކުގެ މައްޗަށް ވަރަށް ފުރިހަމައަށް އެހާ އަސަރު ގަދަކޮށް ކީރިތި ގުރުއާނުންނާއި ރަސޫލާ ހަދީސްތަކާއި ސުންނަތުންނާއި އިލްމުވެރިންގެ ފަތުވާއިން ދަލީލު ވަނީ ދައްކުވައި ދެއްވި އެވެ.

މި ދަރުސް އިތުރަށް އަސަރު ގަދަ ކުރުވި އެއް ކަަމަކަށް ޝަލަބީ އިބްރާހިމް ރޭ ހުށަހެޅި މަދަހަވެގެން ގޮސްފައިވެ އެވެ. މަންމައިންނަށް ހާއްސަކޮށްފައިވާ އެ މަދަހައިގެ ނަމަކީ "ތިއީ އޭ ހިތް މަގޭ" އެވެ.

ޝަލަބީ އެންމެ ފުރަތަމަ މަދަހައެއް ނެރެފައިވަނީ މިދިޔަ އަހަރު އެވެ. އެ މަދަހަ އަލްބަމްގެ ނަމަކީ "ހިދާއީ ނޫރު" އެވެ. އެ އަލްބަމްގެ މަދަހަ ސީޑީތައް ޝަލަބީ ވަނީ ހިލޭ ބަހާފަ އެވެ. މަދަހައިގެ އިތުރުން ޝަލަބީ ވަނީ ރީތި ލަވަތަކެއްވެސް އޭނަގެ ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ.

ރޭގެ ދަރުސްގައި ޝެއިހް ވަނީ މަންމަ އަދި މައިންބަފައިންނާ މެދު މިހާރު އަމަލުތަކާއި ކަންތައްތައް ކުރެވޭ ގޮތާއި ހަގީގަތުގައި މަންމައާ ކަންކަން ކުރަން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތައް ވަރަށް ސާފުކޮށް އޮޅުންފިލުވައި ދެއްވާފަ އެވެ.

ދަރުސްގައި މަންމައަށް އަދި މައިންބަފައިންނަށް ކަމޭ ހިތުމާއި ލޯބި ކުރުމުގައި ބަދަލު ކުރަންވީ ވަރަށް ގިނަ ނުކުތާތަކުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި އެކަން ކަމަށް ބާރު އަޅުވައި އަޅުގަނޑުމެންގެ ހަޔާތް ބަދަލު ކުރުމަށް ގޮވައިލެއްވި އެވެ. އަދި ހުރިހާ އެންމެން މާޒީއަށްޓަކައި ދެރަވެ މަންމަގެ ކިބައިން މާފަށް އެދި ލޯބިކޮށް ދުއާ ކުރުމަށްވެސް އެދި ވަޑައިގެންނެވި އެވެ.