އެމްއެންޑީއެފް

ކޮޅުވެއްޓި ހޯދަން އިންޑިއާގެ އެހީއަށް އެދިއްޖެ

މިދިޔަ އަންގާރަ ދުވަހު ހަ މީހުންނާއެކު ކ. ތުލުސްދޫން ފުރި ކޮޅުވެއްޓި ހޯދަން އެމްއެންޑީއެފުން އިންޑިއާގެ އެހީއަށް އެދިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ މެރީޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރްސީސީ) އަށް ކޮޅުވެއްޓީގެ ހުރިހާ މައުލޫމާތެއް ހިއްސާ ކޮށް ކޮޅުވެއްޓި ހޯދަން އެ މީހުންގެ އެހީއަށް އެދިފައިވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ބޭނުން ކުރާ ޓީއެމްއޭގެ ސީޕްލޭނަށް ކަނޑުމަގުން އޮޔާދިޔަ އެއްޗެހިތަކެއް ފެނުމުން ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.

ހަ މީހުންނާއެކު ކ. ތުލުސްދޫން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "މާރިޔާ-3"، ކޮޅުވެއްޓީގައި ހަތަރު ބިދޭސީންނާއި ދެ ދިވެހިން ތިބި ކަމަށް ވެއެވެ. އެންމެ ފަހުން އެ ކޮޅުވެއްޓީގެ ހަބަރެއްވެފައި ވަނީ މިދިޔަ އަނގާރަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އެވެ. އޭގައި ތިބި ދެ ދިވެހިންނަކީ ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިންނެވެ.