ކުޅިވަރު

އެންރީކޭގެ ވަދާއީ މެޗު، ހާއްސަ ފެއާވެލްއެއް

May 20, 2017

ސްޕެނިޝް ލީގްގައި މާދަމާ ރޭ ކުޅޭ މެޗުތަކަކީ، މި ސިޒަންގެ ލީގް އެންމެ ފަހު މެޗު ތަކެވެ. މާދަމާ ލީގް ފަހު، މެޗު ބާސާއަށް ހާއްސަވާ ދެ ސަބަބެއް އެބައޮތެވެ.، މާދަމާ ރޭ ގެ މެޗުން، ރެއާލް މެޑްރިޑް ބަލިވެ ބާސާ، މޮޅުވެއްޖެނަމަ، ލީގް ޗެމްޕިއަންކަން ލިބޭނީ ބާސާ އަށެވެ. އަނެއް ސަބަބަކީ ލީގް ޗެމްޕިއަންކަން ނުލިބުނަސް، ބާސާގެ ހަޔާތުގައި އެ ޓީމަށް ކޯޗް ކޯށްދިން ތިން ވަނަ އަށް އެންމެ ކާމިޔާބު ކޯޗް ލުއިސް އެންރީކޭގެ ކޯޗް ކަމުގެ ދަށުން، އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗަށް ވުމެވެ.

އޭނާ ވަނީ މި ސިޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަން އިއުލާން ކޮށްފަ އެވެ. ކޭމްޕް ނޯގައި އެންރީކޭގެ ވަދާއީ މެޗަށް ވުމުން، އޭނާ އަށް ހާއްސަކޮށް، މާދަމާ ރޭ ފެއާވެލްއެއް ބޭއްވުމަށް ބާސާ އޮތީ ތައްޔާރަށެވެ.

ބާސާއަށް އެންރީކޭ ހޯދައިދިފައިވާ ކާމިޔާބުތައް ރަމްޒު ކުރާ ގޮތަށް މަދަމާ ރޭގެ މެޗަށް ބާސާގެ ސަޕޯޓަރުން ތައްޔާރު ވާނެއެވެ.

މެޗުގައި އެންރީކޭގެ ވަދާއީ ސްޕީޗެއް ނެތެވެ. ނަމަވެސް، ބާސާގެ ކާމިޔާބު ކޯޗުންގެ ލިސްޓަށް އެންރީކޭގެ ނަންވެސް އިތުރު ވެއްޖެ އެވެ. އަނެއްކޮޅުންޕޮއިންޓެއް ހޯދައިގެން ވެސް، ލީގް ލިބުމުގެ ފުރުސަތު ރެއާލް އަށް އެބައޮތެވެ.

ލީގް ނުލިބުނަސް، ސްޕެނިޝް ކަޕްގެ ފައިނަލު މެޗު، އެންރީކޭ އަށް އެބައޮތެވެ. އެ މެޗު އޮތީ، މެޑްރިޑްގެ ވިންސެންޓޭ ކެލްޑްރޯން ސްޓޭޑިއަމްގަ އެވެ.

އެންރީކޭ ވެފައި ވަނީ، ޔޯހާން ކްރައިފް އާއި ޕެޕްގާޑިއޯލާއަށް ފަހު ބާސެލޯނަގެ އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާ ވަނީ، ފުޓްބޯޅައިގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ މުބާރާތެއް ބާސާ އަށް ކާމިޔާބު ކޮށްދީފަ އެވެ.