ކާނާ

ހަރޝީސް ޗޮކްލެޓް ސިރަޕް: އޭރުވެސް މިހާރުވެސް އެންމެ މީރު

May 20, 2017

ޗޮކްލެޓް ސިރަޕޭ ބުނީމަ އެންމެ ފުރަތަމަ ހިތަށް އަރަނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް އެންމެ ފުރަތަމަވެސް އަންނަނީ ދެގޮތެއްނުވާ ހާޝީސް ޗޮކްލެޓް ސިރަޕް ފުޅިއެވެ.

މުށި ކުލައިގެ ހުންނަ ހާޝީސް ޗޮކްލެޓް ފުޅި އަކީ ޅައިރުގެ ހަނދާނތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި އޭރުވެސް މިހާރުވެސް އެންމެ މީރު އެކައްޗެވެ. ހަފުތާ ބަންދުގައި މަންމަ އަށްވުރެ ކުރިން ހޭލައިން ކިރު ތަށްޓަށް ބޭނުންވަރަކަށް ހާޝީސް ޗޮކުލެޓު ސިރަޕް އަޅައިގެން ބޯ ހަނދާނަކީ ކުޑައިރުގެ އެންމެ އުފާވެރި އެއް ހަނދާނެވެ.

ވިއްސާރަ ދުވަސް ދުވަހު މަންމަ ލައްވާ ހޮޓް ޗޮކްލެޓު ހަދާ އޭގެ މައްޗަށް މާޝްމެލޯ އާއި ހާޝީސް ޗޮކްލެޓް ސިރަޕް އަޅައިގެން ބުއިމަކީ ވިއްސާރަވުމުން ބޭރަށް ނުނުކުމެވުމުން ލިބޭ ދެރައިގެ މައްޗަށް ކުރި ހޯދާ ހިންހަމަ ޖައްސުވާލާ ކަމެއްވެސްމެ އެވެ. އައިސް ކްރީމް ޓައްޕަކާއި، ހާޝީސް ޗޮކުލެޓު ސިރަޕަކީ ކުދިކުދި ވެފައިވާ ހިތްތަކަށްވެސް ފަރުވާއެކެވެ. ފުރަތަމަ ފަހަރަށް އޮންލައިން ޕޭޖަކުން ރެސިޕީ ނަގައިގެން ރައްޓެހީންނަށް ކްރީމީ ޗޮކުލެޓު މިލްކް ޝޭކް ހަދާދިން ހަނދާން ދުވަހަކުވެސް ނުނެތޭނެ އެވެ.

ހުރިހާ މުނާސަބަތަތަކަށް ވެސް އެންމެ މުހިއްމު އެއް ބާވަތަކީ ބަދިގޭ ކައުންޓަރު މަތީގައި ހުންނަ ހާޝީސް ޗޮކުލެޓު ފުޅިއެވެ. ކިރު ތައްޓަކަށް ވިޔަސް، ކޮފީ ތަށްޓަކަށް ވިޔަސް، ނުވަތަ އައިސްކްރީމާއި ފޮނި ކާތަކެއްޗަށް ވެސް އޭގެ ހަގީގީ ރަހަ ގެނެސްދެނީ ހާޝީސް ޗޮކުލެޓު ފުޅިންނެވެ.

ހާޝީސް ޗޮކުލެޓަކީ ހުރިހާ ދުވަސްވަރަކަށް ވެސް އެންމެ ރަނގަޅު އެއް ބާވަތެވެ. އަހަރުމެން މިހާރު މިފެންނަނީ އަހަރުމެންގެ ދަރީން "އަދި އިތުރަށް އެއް ސަމުސާ" ހާޝީސް ޗޮކުލެޓު ކިރު ތައްޓަށް އަޅައިދޭށެ ބުނާ ތަނެވެ. އެމީހުން އަމިއްލައަށް އައިސްކްރީމް ސަންޑޭ ހަދާތަން ފެނުމުން ވަރަށް އުފާވެއެވެ. އައިސްކްރީމު ސަމުސަލަށް އެކި ވައްތަރުގެ ނަޓް އަޅައި، އޭގެ މައްޗާސް ތަފާތު ޑިޒައިންތަކަށް ހާޝީސް ޗޮކުލެޓު ސިރަޕް އަޅައި ޒީނަތްތެރި ކުރެއެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެކެވެ.

ހާޝީސް ޗޮކުލެޓު ސިރަޕް ފުޅި ފަރުމާ ކޮށްފައި ހުންނަ ގޮތުން ކުޑަ ކުދީންނަށްވެސް އެ ފުޅި ފަސޭހަ ކަމާއެކު ގެންގުޅެލެވެއެވެ. ސިރަޕް ފުޅީގެ ފޯމިއުލާއަކީ ސްކުއީޒް (ފުޅިއަށް ފިތާލާ)، ސްޓަރ (ގިރާށެވެ)، އަދި ޝެއާ (ދޭށެވެ) ކުރާށެވެ. މި ފޯމިއުލާ ބޭނުން ކޮށްގެން އެންމެ ތުއްތު ކުއްޖަކަށްވެސް އަމިއްލައަށް ޗޮކުލެޓުގެ ބުއިން ތައްޔާރު ކޮށްލެވޭނެއެވެ. މީގެ ސަބަބުން ތުއްތު ކުދީންވެސް ޝަކުވާނުކޮށް ބުއްތަށި ބޯލައެވެ.

ހަރޝީސް ޗޮކުލެޓުގެ ރަހަ އަކީ ޗޮކުލެޓު ފެކްޓަރީ ތަކުގައި އެތައް އަހަރެއް ވަންދެން ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ. އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ޗޮކުލެޓު ސިރަޕް ބޭނުންކުރާ މީހުންނަށް ރަހަ މީރު ކޮލިޓީ ޗޮކުލެޓުގެ ރަހަ ކަށަވަރު ކޮށްދިނުމަށެވެ. އާއިލާގެ އެންމެ މަގްބޫލު އަދި ހަނދާނުން ފޮހެވިގެން ނުދާފަދަ ރަހައެއް މި ސިރަޕުގައި ހުންނަނީ ސިރަޕް ހަދަން އަސްލު ޗޮކުލެޓު ބޭނުންކުރާތީއެވެ.
ހަރޝީސް ޗޮކުލެޓު ސިރަޕް ބޭނުންކޮށްގެން ކަޕަޗީނޯ ކޫލަރ ހެދިއަސް އެންމެ ތިއްކެއްވެސް ބާކީ ނުވެއެވެ.

ހަރޝީސް ޗޮކުލެޓު ސިރަޕް ކަޕަޗީނޯ ކޫލަރ
ބޭނުންވާ ބާވަތްތައް

ިޕްއ ކޮށްފައި ހުންނަ ޓޮޕިން (ކޮންމެހެން ބޭނުން ނުކުރިއަސް އެންމެ ރަނގަޅު)
މުގުރާފައިވާ އައިސް
ފޮނުތަށި ފައުޑަރު ( ކޮންމެހެން ބޭނުން ނުކުރިއަސް އެންމެ ރަނގަޅު)
¼ ޖޯޑު ހަރޝީސް ސިރަޕް
½-1 ޖޯޑު ޗޮކުލެޓު އައިސްކްރީމް ނުވަތަ ގަނޑުކޮށްފައިވާ ޔޯގަޓު
½-1 ޖޯޑު އައިސް ކޮފީ

ހަދާނެ ގޮތް

ކޮފީއާއި، އައިސްކްރީމު އަދި ސިރަޕް ބްލެންޑަރަށް އަޅާށެވެ. އަދި ބްލެންޑަރުގެ މަތި ޖެހުމަށްފަހު ރަނގަޅަށް އެކުވަންދެން ގިރާށެވެ. އައިސް އާ އެކީ ވަގުތުން ސާވް ކުރާށެވެ. ބޭނުންކަމުގައި ވަނީނަމަ ވިޕް ކޮށްފައިހުރި ޓޮޕިންގ އާއި ފޮނިތޮށި ފައުޑަރު އޭގެ މައްޗަށް އަޅައި ރީތި ކުރެވިދާނެއެވެ. މިއީ ގާތަ ގަނޑަކަށް ހަތަރެއް ނުވަތަ ހަ އައުންސުގެ ބުއިމުކެވެ.

ޗޮކުލެޓު އައިސްކްރީމުގެ ބަދަލުގައި ވެނީލާ އައިސްކްރީމު ބޭނުން ކުރެވިދާނެއެވެ. ހަރޝީސް ސިރަޕް 3/1 ޖޯޑަށް އިތުރު ކޮށްލާށެވެ.

ފޯމިއުލާ ހަނދާން ބަހައްޓާށެވެ! ސްކުއީޒު، ސްޓަރ، ޝެއަރ

ހާޝީސް ޗޮކުލެޓު ސިރަޕް ރާއްޖެ އެތެރެކޮށް މާކެޓު ކުރަނީ ހެޕީ މާކެޓް ޓްރޭޑިން އެންޑް ކޯޕަރޭޝަނުންނެވެ.