ދުނިޔެ

ޕާކިސްތާން ސިފައިން ޔަަމަނަށް ފޮނުވައިދިނުމަށް ސައޫދީން އެދެފި

Apr 7, 2015

ސައޫދީ އިސްވެ އޮވެ ޔަމަންގެ ޝީއީ ހަނގުރާމަވެރިންނަށް ދޭ ހަމަލާތަކުގައި ބައިވެރިވުމަށް ޕާކިސްތާން ސިފައިން ފޮނުވައިދިނުމަށް އެދިފައިވާ ކަމަށް ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް އިއްޔެ ވިދާޅުވެއްޖެ އެެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު މިކަން ހާމަކުރައްވާފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޝީއީންނާ ދެކޮޅަށް ދޭ ހަމަލާތަކަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް ކުރިން ބުނެފައި ވިޔަސް އަސްކަރީ އެއްވެސް އެހީތެރިކަމެއް ދޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.

އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމު ކަމަށްވާ ޔަމަންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އަސްކަރީ އެހީ ބޭނުންވާ ކަމަށް ސައޫދީން ބުނީ މިދިޔަ ހަފުތާގައި ޖިއްދާގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެގޮތުން އެއާކްރާފްޓާއި މަނަވަރު ފަދަ ތަކެތީގެ އެހީ ބޭނުންވާ ކަމަށް ސައޫދީން ބުނެފައިވާ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"ތަކުރާރުކޮށް ބުނަން ބޭނުން، ސައޫދީ އަރަބިއްޔާގެ ސިޔާދަތު ހިމާޔަތް ކުރުމަށް ޕާކިސްތާނުން ވެފައިވާ ވައުދަށް ކަމޭ ހިތާނަން. އެފަދަ ބޭނުމެއް ޖެހިއްޖެ ހިނދެއްގައި ޕާކިސްތާނުގެ އެ ގޮތަށް އަމަލުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔަމަންގެ ހަނގުރާމަ ވަރުގަދަވަމުން ދާތީ އެ ގައުމުން މިހާރު ދަނީ އެކި ގައުމުތަކުގެ މީހުން ނިކުމެ ރައްކާތެރިކަން ހޯދަމުންނެވެ. --އޭޕީ