ހަބަރު

ކެޓަމަރާންގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ކެޓަމަރާންގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ ކަމަށް އެމްއެންޑިއެފުން ބުނެފި އެވެ. ފެނުނު އިރު އެމީހާގެ ހާލު ރަނގަޅެވެ.

އެމްއެންޑިއެފުން ބުނީ އދ. އަތުރުގާ އައިލޭންޑް ރިސޯޓުން ކެޓަމަރާންގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިފައިވަނީ ދިއްގިރި ރިސޯޓުން މޭލެއްހާ ބޭރުން އަތުރުގާ އައިލޭންޑް ރިސޯޓުގެ އުޅަންދަކަށް ށެވެ. އަދި ފެނުނު އިރު އެމީހާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަތުރުގާ ރިސޯޓްގެ ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ލަންކާގެ އެމީހާ ކެޓަމަރާންގައި މިއަދު ނިކުމެފައިވަނީ 12:13 ހާއިރު އެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފް އަށް މައުލޫމާތު ލިބިފައިވަނީ 12:50 ގަ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، ކަމޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މިދިޔަ ހަފުތާ ތެރޭގައި ކޮޅުވެއްޓިއެއް ގެއްލިގެން ވެސް އެމްއެންޑީއެފްއިން ހާއްސަ އޮޕަރޭޝަނެއް އިންޑިއާއާއެކު ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.