ރޯދަ މަހާ ރޯއްޖާ

އޮއިޝީ ރޯދަ މެނޫ: ދިވެހި ރަހަތަކާއި ޖަޕާނުގެ ތަފާތުކަން

May 28, 2017

"އޮއިޝީ" އޭ ބުނުމުން ހިތަށް ވަންނާނީ ޖަޕަނީސް ނަމެކެވެ. އެހެންވެ މި ނަން ކިޔާ ރެސްޓޯރެންޓުގައި ހުންނާނީ ވެސް ޖަޕަނީސް ކެއުންތަކޭ ހިތަށް އަރައިފާނެ އެވެ. އެކަމަކު ތިޔަ ހީކުރީ ކުށް ހީއެކެވެ. ހުޅުމާލޭގައި ހުޅުވާފައިވާ އޮއިޝީ ރެސްޓޯރެންޓަކީ ޖަޕަނީސް ކެއުންތަކަށް ހާއްސަ ތަނެއް ނަމަވެސް ރޯދައަށް ނެރުނު ހާއްސަ މެނޫގައި ދިވެހި ގިނަ ރަހަ ތަކެއް ވަނީ ހިމަނައިފަ އެވެ.

"އޮއިޝީ" އިން ރޯދަ މަހަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ރޯދަމަހަށް ހާއްސަކޮށްގެން އެ ރެސްޓޯރެންޓުން ކުޑަކުދިން ރޯދަ ވީއްލަން ހާއްސަ މެނޫއެއް ވެސް ހިމަނާފައިވެ އެވެ. "ޗިލްޑްރަންސް" މެނޫގެ އެކި ބައިތަކަށް ނަން ދީފައިވަނީ ވެސް ކުޑަކުދިނާ ގުޅޭ ގޮތަކަށެވެ. ކުދިވެރިން ކިހާ ފޯރިއެއް ހުންނާނެ ހެއްޔެވެ؟

ކުޑަކުދިންގެ މެނޫގައި "ބަންބީނޯ" އާއި "ސްކޫބީ ޑޫ" އަދި "ޕާޕާ މާމާ" ވެސް ހިމެނެ އެވެ. އެ މެނޫގައި ހިމެނޭ ބައެއް ބާވަތްތަކުގެ ތެރޭގައި "ޕާސްތާ" އާއި "ކްރީމީ ސޫޕް" ގެ އިތުރުން "ޗިޕްސް އާއި ގްރިލް ސޮސެޖު" ހިމެނެ އެވެ. މި މެނޫގައި ހަތް އަހަރުން ދަށުގެ ކުދިންނަށް ހިލެ އެވެ. ކޮށްލަންޖެހޭނެ ކަމަކީ ހަމަ ކާންވީ އެވެ. އަދި ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. ކިހާރު ރަނގަޅު ހެއްޔެވެ؟

"އޮއިޝީ"ގައި ބޮޑެތި މީހުންނަށް މުޅި ހަފުތާއަށް ބަހާލައިގެން ހާއްސަ މެނޫތަކެއް ވެސް ނެރެފައި ވެއެވެ. މެނޫތައް ވަނީ ތިން ބަޔަކަށް ބަހާލާފަ އެވެ. މިބައިތަކުގެ ތެރޭގައި ހިމެނެނީ ޖޫހާއި ހޮޓް އެންޑް ކޯލްޑް އެޕަޓައިޒާ އަދި މެއިން ކޯޒްގެ އިތުރުން ފޮނި އެއްޗިއްސެވެ. މި މެނޫތަކުގައި މަސްހުންޏާއި މަސްކުރޮޅީގެ އިތުރުން ކުޅި ބޯކިބާ ފަދަ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން ރޮއްޓާއި ބަޓާ ޗިކަން އަދި ސްޕައިސީ ގްލިސް ފިޝް ފަދަ ބާވަތްތައް ވެސް ހިމެނެ އެވެ.

މި ހާއްސަ މެނޫގައި ފޮނި އެއްޗިއްސަށް ޝައުގުވެރިވާ މީހުންނަށް ދިގު ލިސްޓެއް ހިމެނެ އެވެ. މި ލިސްޓުގައި ބެރީ މޫސް އާއި ޗޮކްލެޓް ބްރައުނީސް ފަދަ ބާވަތްތައް ވެސް ހިމެނެ އެވެ. "އޮއިޝީ" ގެ ނަމްބަރު 3351000 އަށް ގުޅުމުން ދުރާލާ ބުކް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

"އޮއިޝީ" އަކީ ކެއްކުމުގެ ދާއިރާގައި 12 އަހަރުގެ ތަޖުރިބާ ހޯދާފައިވާ މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު ޝެފް އަލީ ފަތީން ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެކެވެ. ފަތީންއަކީ ކަލިނަރީ ޗެލެންޖުގެ ގިނަ ވަނަތަކާއި ޗައިނާގައި ދާދިފަހުން ބޭއްވި މުބާރާތަކުން ވެސް ރާއްޖެ އަށް ރީތިނަން ހޯދައިދިން ހުނަރުވެރިއެކެވެ.