ރޯދަ މަހާ ރޯއްޖާ

ސޫމްގެ މެނޫގައި ކުޅުދިޔައި ކޮށްލާނެ އަރަބި ރަހަތައް

May 31, 2017
2

ތެޔޮ ގިނަ ކެއުންތައް މަތިން "ފޫހިވެއްޖެ" ދޯ އެވެ. ދިވެހި ކެއުންތައް ވެސް މާގިނައިން ކެވިއްޖެ ނޫންހެއްޔެވެ؟ ތަފާތު ރަހައެއް ބަލައިލަން ތަފާތު ތަނަކަށް ރޯދަ ވީއްލަން ދާންވީނުން ހެއްޔެވެ؟ މިއަދު ނޫނީ މާދަމާގެ ރޯދަ ވީއްލުމުގެ ރަހަ ބަދަލުކޮށްލާށެވެ. ސޫމް އަކީ އެފަދަ ބަދަލެއް ގެންނަން އެއް ނަމްބަރޭ ބުނެވިދާނެ އެވެ. ބޮޑު ތަކުރުފާނު މަގުގައި، އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުޅުވާފައިވާ ސޫމް ރެސްޓޯރެންޓުގެ މައިގަނޑު ކެއުންތައް ބިނާ ވަނީ އަރަބި ރަހަ ތަކަށެވެ. މި ރަހަތަކާއެކު ރޯދަ މެނޫ ވެސް މި ވަނީ ނެރެފަ އެވެ.

ޔަމަނުގެ މޮޅު ދެ ކައްކާ އިން މަސައްކަތް ކުރާ ސޫމް އިން ނެރެފައިވާ ރޯދަ މެނޫގައި ހިމެނޭ ނަންތައް ގިނަ މީހުންގެ ކަންފަތަށް އާވެދާނެ އެވެ. އެކަމަކު މި ރަހަތައް އާވާނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކީ އަރަބިންގެ ކެއުމުގެ ވައްޓަފާޅި އާއި ދިވެހިން ގުޅިފައި ވުމެވެ. ހާއްސަކޮށް ފިހުނު ބާވަތްތަކާއި ތެޔޮ މަދުން ހުންނަ ބާވަތް ތަކެވެ. ސޫމްގެ ރޯދަ މެނޫ ފަރުމާކޮށްފައިވަނީ އާއިލާއެއްކޮށް ގޮސް ނުވަތަ ގެއަށް ގެންގޮސްގެން ވެސް ރޯދަ ވީއްލާލެވޭ ފަދަ ޕެކޭޖުތަކެއްގެ މައްޗަށެވެ. -- ސޫމް އަކީ އަރަބި ބަހުން ލޮނުމެދެވެ.

ސޫމްގެ ރޯދަ މެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ޗިކަން ކަބާބާއި ލޭމް ކަބާބުގެ އިތުރުން އަރަބި ބަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން އޮރިޖިނަލް އަރަބި ސެލެޑުގެ އިތުރުން ތަފާތު ކެއުންތައް ވެސް ހިމެނެ އެވެ. އަދި މިތަނުގައި މަޝްހޫރު އަރަބި ސައި ވެސް ލިބެން ހުރުމަކީ ވަރަށް ހާއްސަ ކަމެކެވެ.

ސޫމްގައި ގިނަ ބަޔަކަށް އެއް ފަހަރާ ރޯދަ ވީއްލޭނެ ޖާގަ އޮވެ އެވެ. މީގެ އިތުރުން މިތަނުގެ ހާއްސަ އަނެއް ކަމަކީ މުޅި ރެސްޓޯރެންޓަކީ ވެސް ސްމޯކް ފްރީ ސިނގިރޭޓު ބުއިން މަނާ ތަނަށްވުމެވެ. އެހެންވެ މިތަނަށް އާއިލާ އެއްކޮށް ގޮސްވެސް ހިތް ފަސޭހަ ކަމާއެކު ރޯދަ ވީއްލުމަށް އިންސާފު ކޮށްލެވޭނެއެވެ.