ރިހަފަތް

ރޯދަ ވީއްލަން ގޭގައި ފެންވަރުގެ ފަނި ގިރާލެވިދާނެ!

May 30, 2017
1
0%
0%
0%

ރޯދަ ވީއްލާގަޑިއަށް ކޮންމެ ގެއެއްގައި ވެސް މީރު ފަންޏެއް ނުވަތަ ޖޫހެއް ކޮންމެހެން ބޭނުންވާނެ އެވެ. ބައެއް ގޭގެއަކީ ދެވައްތަރުން ތިންވައްތަރުން ފަނި ގިރާ ގޭގެ އެވެ. އަސްލު ގިނަ ވައްތަރުތައް ގިރުމަށްވުރެ ފެންވަރުގެ ފަންޏެއް ގިރާލުން މާ ރަނގަޅެވެ.

ތަފާތު ބާވަތްތަކުގެ މޭވާ ބޭނުން ކޮށްގެން އާއިލާތަކުން ފަނި ގިރާއިރު "ރިހަފަތު" ގައި މިއަދު މި ގެނެސްދެނީ އެންމެ ކަރު ހިއްކާފައި ހުންނަ ވަގުތުވެސް ތާޒާކޮށްލާނެ މުޅިން ތަފާތު ތިން ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ. އެއީ ވާޖިން ސްޓްރޯބެރީ ޑައިކޫރީއާ ނޮން އަލްކޮހޯލިކް ފިޒް އެވެ.

ވާޖިން ސްޓޯބެރީ ޑައިކުރީ

މިއީ ވަރަށް މަދު ތަކެތި ބޭނުން ކޮށްގެން މިނެޓެއް ތެރޭ ހަދާލެވިދާނެ ބުއިމެކެވެ. މިއަށް ބޭނުންވާނީ ސްޓްރޯބެރީއާ، އަލަނާސި ފަންޏާ ލުންބޯ ހުތް އަދި ހަކުރާއި އައިސްކިއުބް ކޮޅެކެވެ. އަދި މި ތައްޔާރު ކޮށްލުމަށް މިކްސަރަށް އެ ތަކެތި އަޅާލާފައި ކުޑަ އިރުކޮޅަކަށް ގިރާލާށެވެ. ދެން ތައްޓަށް އަޅާލީމާ އެ ހުރީ ވާޖިން ސްޓްރޯބެރީ ޑައިކުރީ ހެދިފަ އެވެ.

ނޮން އަލްކޮހޯލިކް ފިޒް

ފިޒްއެއް ތައްޔާރުކޮށްލަން ބޭނުންވާނީ ޖިފާޑް ބްރޭންޑުގެ ކްރޭންބެރީ ޖޫހާ އޮރެންޖް ޖޫސް އަދި ސޯޑާ އެވެ. އެ ހަދާލަން ވެސް ހުރިހާ އެއްޗެއް މިކްސަރަށް އަޅާ ގިރާލުމަށް ފަހު ތައްޓަށް އަޅާލާށެވެ. ސޮޑާގެ އިތުރުން ކާބޮނޭޓަޑް ވޯޓާ ވެސް ބޭނުން ކުރެވިދާނެ އެވެ.

ވާޖިން މާގަރީޓާ

މިއީ ދިވެހި ރެސްޓޯރަންޓުތަކުގައި ވަރަށް ގިނައިން ލިބެން ހުންނަ ދިވެހިންނަށް ކަމުދާ ބުއިމެކެވެ. ވާޖިން މާގަރީޓާ ގޭގައި ތައްޔާރުކޮށްލުމަށް ބޭނުން ވާނީ އޮރެންޖް ޖޫހާ ގިފާޑް ބްރޭންޑުގެ ފްރުޓް ސިރަޕްއާ ލައިމް ޖޫސް އަދި އައިސް ކިއުބެވެ. ދެން އެ ހުރިހާ އެއްޗެއް މިކްސަރަށް އަޅާ ގިރާލާށެވެ. އޭރުން ރެސްޓޯރަންޓު ފެންވަރުގެ ވާޖިން މާގަރީޓާ ގޭގައި ތައްޔާރުކޮށްލެވުނީ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާރިނގު އަޒީ

ވާއު ވަރަށް ވަރަށް މީރުވާނެ، އޮއިޝީން އަވަސްގެ ރަހަފަތް މުޅިން ބަދަލުކޮށްލައިފި އަދި ވަރަށް ބޮޑަށް މީހުން ބޭނުންވާ ރެސިޕީތައް އެބަ ގެނެސްދޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345