ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލަން ޗިލީ ޕެސްޓޯ ޓެސްޓް ކޮށްލަބަލަ!

"ރިހަފަތް" ގައި މިއަދު ތައްޔާރުކޮށްލާނީ ތަފާތު ސީފުޑް ސްޕެގެޓީ އެވެ. އާންމުކޮށް މި ޑިޝްއަށް ކިޔާ އުޅެނީ ބާސިލް ފްލޭވާޑް ކްރީމީ ސީފުޑް ސްޕެގެޓީ އެވެ. ނަމަވެސް ޝެފް އަހުމަދު ފަތީން އެ ޑިޝް ތައްޔާރުކޮށްލާނީ ވަރަށް ބޮޑަށް ދިވެހިންގެ ރަހަތަކަށް ފެތޭ ގޮތަކަށެވެ. ހޯދަން މާ އުނދަގޫ ނޫން އިންގްރީޑިއަންޓްސްތައް ބޭނުންކޮށްލާގެން ރޯދަ ވިއްލާ ގަޑިއަށް ހަދާލަން ވަރަށް ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

ސްޕެގެޓީ
ބްލެކް ޕެޕާ
ލޮނު
މެގީ ޗިކަން ސްޓޮކް
150 ގްރާމް ފިޔާ
100 ގްރާމް ލޮނުމެދު
5 ޕީލްޑް ޕްރޯންސް
5 ޗެރީ ޓޮމާޓޯ
10 އެމްއެލް ސަފޯލާ އޮއިލް
5 ގްރާމް ބާސިލް ޕެސްޓޯ
95 ގްރާމް ސްޕެގަޓީ
10 ގްރާމް ބަޓަރު
100 ގްރާމް ކުކިން ކްރީމް
75 ގްރާމް ބްރޮކޮލީ
10 ގްރާމް ޕާމަސަން ޗީޒް
މުގުރި މިރުސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތަވައަސް 10 އެމްއެލްގެ ސަފޯލަަގޯލްޑް ތެޔޮ އަޅާ ލޮނުމެދާއި ފިޔަ އަޅާލާށެވެ. އަދި އޭގެ މައްޗައް ކުޑަ ލޮނުކޮޅެއް އަޅާލާ ފިޔާ މީރުކޯށްލާށެވެ. ދެން 75 ގްރާމުގެ ބްރޮކޮލީއާ ޗެރީ ޓޮމާޓޯ ޕްރޯންސް އޭގެ ތެރެއަށް އަޅާލާށެވެ. އަނެއްކާވެސް ކުޑަކޮށް ހަލުވާލުމަށް ފަހު 10 ގްރާމްގެ ބަޓަރު ތަވާގެ ތެރެއަށް އަޅާލާ އެއްކޮށްލާށެވެ. އެއަށް ފަހު ބްލެކް ޕެއާއާ މުގުރި މިރުސް އަދި ބާސިލް ޕޭސްޓް އޭގެ މައްޗައް އަޅާލާށެވެ. ދެން އަނެއްކާ ވެސް އެއްކޮށްލުމަށް ފަހު ކުޑަ ފެންކޮޅެއް އަޅާލާ އޭގެ މައްޗައް މެގީ ޗިކަން ސްޓޮކް އަޅާށެވެ. ދެން އަޅާނީ ޕާމަސަަން ޗީޒް އެވެ. އެއަށް ފަހު ރަނގަޅަށް ކެކެންދެއް މަޑުކޮށްލާށެވެ.

ރަނގަޅަށް ކެކުމުން ދެން ތަވާގެ ތެރެއަށް ސްޕެގެޓީ އަޅާލާށެވެ. ދެން މަސްގަނޑާ ރަނގަޅަށް އެއްކޮށްލުމަށް ފަހު ތައްޓަށް އަޅާލާށެވެ. ވަރަށް ފަސޭހައިން ޗިލީ ޕެސްޓޯ ސްޕެގެޓީ ތައްޔާރުކޮށްލެވުނީ އެވެ.