ފިނިޕޭޖް

"ކުލަނބު": ފުރަތަމަ މަލް އާއި ޖާދުގެ ވާހަކަ

"ކުލަނބު" ޝޯއަށް އިންތިޒާރު ކުރި މީހުން ކުރި ދިގު އިންތިޒާރު ތަކަށް މިރޭ ނިމުން އަންނަނީ އެވެ. ކުލަނބުގެ ތިން ވަނަ ސީޒަނުގެ ފުރަތަމަ ޝޯ މިރޭ ޗެނަލް 13 އިން ދައްކާނެ އެވެ. ޓްރެއިލާވެސް މިހާރު ދޫކޮށްލައިފި އެވެ. މިފަހަރު ގެ ޝޯ ވަރަށް ތަފާތު ވާނެ އެވެ.

މި ސީޒަނުގެ ފުރަތަމަ ޝޯގައި ފެނިގެން ދާނީ ފިލްމީ ތަރި މަލީހާ ވަހީދާއި ޖާދުﷲ އިސްމާއީލް ޖޭޑު އެވެ. ޓްރެއިލާ އިން ފެނިގެންދާ ގޮތުގައި މަޖާ އެތައް ކަމެއް ޝޯގައި ފެނިގެންދާނެ އެވެ. މަލް އާއި ޖާދުގެ ފަރާތުން ސަޕޯޓަރުންނަށް ހަމަ ގައިމުވެސް އުފާވެރި ހަބަރުތަކެއް ލިބޭނެ އެވެ. އަދި އެ ދާއިރާ އާ ދޭތެރޭ ދެކޭގޮތް ވަރަށް ރަނގަޅަށް ފެނިގެންދާނެ އެވެ. ތިހީކުރާ ގޮތާއި ތަފާތު ޖަވާބުތަކެއް އައުން ގާތެވެ.

މިއަހަރުގެ ސީޒަނުގައި ހޯސްޓުގެ ގޮތުގައި އަޒްހާނާއެކު ލަވަކިޔުން ތެރިޔާ މީރާ މުހައްމަދު މާޖިދު ވެސް ފެނިގެންދާނެ އެވެ. އޭގެ އިތުުރުން މިއަހަރުގެ ޝޯ އެތައް ގޮތަކުން ކުރީގެ ސީޒަން ތަކާއި ތަފާތު ވާނެ އެވެ. އެގޮތުން މި ފަހަރު ބައިވެރިން ގެންނާނީވެސް ކޮންމެސް ގޮތަކުން ގުޅިފައިވާ ދެ ބައިވެރިން ދެ ބައިވެރިންނެވެ. އަދި ހަމައެކަނި ޕާސަނަލް ސުވާލުގެ އިތުރުން އެހެނިހެން ގުޅުންހުރި ސުވާލުތައްވެސް މިފަހަރު އަމާޒުވާނެ އެވެ.

ގްރޭންޑް ފިނާލޭގައި ވީޑިއޯ ލަވަ ގެނެސްދިނުމުގެ ބަދަލުގައި މި ސީޒަނުގައި ކޮންމެ ޝޯއެއްގައިވެސް ލަވައެއް ގެނެސްދޭނެ އެވެ. މީގެ އިތުރުން ސީޒަން ފިނާލޭވެސް މާބޮޑަށް ތަފާތުވެފައި ހާއްސަވާނެ އެވެ. އަމިއްލަ ލަވައެއް ގެނެސްދެވޭތޯ ކުލަނބުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.