ކުޅިވަރު

މޮޅުވެއްޖެނަމަ ރެއާލްގެ ކޮންމެ ކުޅުންތެރިޔަކަށް ފައިސާގެ ބޮޑުއަދަދެއް

Jun 2, 2017

މާދަމާ ރޭ ކުޅޭ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފިނަމަ، ރެއާލްގެ ކުޅުންތެރިންނަށް ފައިސާގެ ބޮޑު ބޯނަހެއް ދިނުމަށް، އެ ކުލަބުގެ މެނޭޖްމެންޓުން އެއްބަސް ވެއްޖެ އެވެ.

ރެއާލް އަށް މިފަހަރު، އޮތީ ޗެމްޕިއަންސް ލީގް ޖެހިގެން ކާމިޔާބު ކުރުމެވެ. ޗެމްޕިއަންސް ލީގް ރީބްރޭންޑް ކުރިފަހުން، އެއްވެސް ޓީމަކަށް ޖެހިޖެހިގެން ދެ ފަހަރު އެ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެންމެ ފަހުން، އެ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކޮށްފައި ވަނީވެސް ރެއާލް އެވެ. ނަމަވެސް އެއީ މީގެ 52 އަހަރު ކުރިން ނެވެ.

ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ވަނީ، މުބާރާތް ކާމިޔާބު ކޮށްފިނަމަ، ބޯނަސް ދިނުމަށް ހުށަހަޅާފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓުން ވަނީ އެކަމަށް އެއްބަސްވެސް ވެފަ އެވެ.

ރެއާލްގެ ބޯޑުން ނިންމާފައި ވަނީ، މިފަހަރު ސްޕެނިޝް ލީގްވެސް ހޯދައި ފައިވުމުން، މިދިޔަ އަހަރަށް ވުރެ ބޮޑު ބޯނަހެއް ދިނުމަށެވެ. އެގޮތުން، ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފިނަމަ، 1.5 މިލިއަން ޔޫރޯ (25.9 މިލިއަން ދިވެހި ރުފިޔާ) ކޮންމެ ކުޅުންތެރިޔަކަށް ދިނުމަށް ރެއާލްގެ މެނޭޖްމެންޓުން ވަނީ އެއްބަސް ވެފައެވެ.

މިދިޔަ ސީޒަން ގައި ރެއާލުން ވަނީ، ކުޅުންތެރިންނާ ކޯޗުން ސްޓާފުންގެ ބޯނަހުގެ ގޮތުގައި 32 މިލިއަން ޔޫރޯ (552 މިލިއަން ދިވެހި ރުފިޔާ) ދީފަ އެވެ. އެއީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުން ދިން 700000 ޔޫރޯ (12 މިލިއަން ދިވެހި ރުފިޔާ) އާއި ވާދަވެރި ބާސެލޯނާގެ ދަނޑުގައި އެޓީމު ބަލަި ކުރުމުން ދިން އިތުރު 100000 ޔޫރޯ (1.7 މިލިއަން ދިވެހި ރުފިޔާ) އަށެވެ.

ޔުވެންޓަސް ބަލިކޮށް، ފިނަމަ، މިދިޔަ އަހަރަށް ވުރެ އިތުރަށް 80 މިލިއަން ޔޫރޯ (1.382 ބިލިއަން ދިވެހި ރުފިޔާ) ހޭދަ ކުރާނެ އެވެ.