ކުޅިވަރު

އެތުލެޓިކޯގެ އަދަބު ލުއިކޮށްނުދިން، އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ

Jun 2, 2017
1

ގައުމުން ބޭރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ތަކެއް، ގެނައުމުގައި، ފީފާގެ ގަވައިދާ ހިލާފުވެފައި ވާތީ، ކުޅުންތެރިން ގެނައުމުގެ ޓްރާސްންފާ ޕީރިއަޑްގައި އެތުލެޓިކޯ މެޑްރިޑަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް، ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ނިންމައިފި އެވެ.

އެތުލެޓިކޯ އާއި ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ފީފާއިން ވަނީ އެއް އަހަރު ވަންދެން ކުޅުންތެރިން ނުގެނެވޭނެ ގޮތަށް އަދަބު ދީފަ އެވެ. އެއީ ޓްރާންސްފާގެ ދެ ޕީރިއަޑެވެ. ނަމަވެސް، ކޯޓުން ވަނީ، ރެއާލް އަށް އަޅާފައިވާ އަދަބު ލުއި ކޮށް ދިފަ އެވެ. އެކުލަބުން އިސްތިއުނާފަށް ހުށަހެޅުމުން، އިސްތިއުނާފް ކޮށްދީފައެވެ. އެގޮތުން ރެއާލްއަށް ކުޅުންތެރިން ނުގަނެވޭނީ މިއަހަރު ޖެނުއަރީ މަހު ޓްރާންސްފާ ޕީރިއަޑުގަ އެވެ.

ނަމަވެސް، އެތުލެޓިކޯ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އިސްތިއުނާފް ކޮށްދެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ. މާނައަކީ މިއަހަރު ނިމެންދެން އެތުލެޓިކޯ އަށް އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ.

ފީފާއިން ވަނީ މީގެކުރިން، ވާދަވެރި ބާސެލޯނާއާ ދެކޮޅަށްވެސް ފިޔަވަޅު އަޅާފަ އެވެ. ދެހާސް ފަނަ ވަނަ އަހަރު ޖޫން މަހު ޓްރާންސްފާ ޕީރިއަޑުގައި، އަރުދާ ތުރާން އާއި އެލެކްސް ވިޑާލް ލައްވައި ބާސާއިން ސޮއި ކުރިވި ނަމަވެސް، އެ ދެކުޅުންތެރިންނަށް ޖެހުނީ 2016 ފެށެން ދެން އެއްވެސް މެޗެއްގައި ބައިވެރި ނުވެ ތިބޭށެވެ.

ކޯޓުގެ ނިންމުމުގެ ސަބަބުން އެހެން ޓީމުތަކަށް އަސަރު ކުރާނެ

އެތުލެޓިކޯއާ ދެކޮޅަށް އަލާފައިވާ ފިޔަވަޅު، ލުއިކޮށް ނުދިނުމުން، އެކަމުގެ އުނދަގޫ އެހެން ޓީމުތަކަށްވެސް ކުރާނެ އެވެ. އެއީ ކުޅުންތެރިޔަކު ގެނެސް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ، މިހާރު ތިބި އެއްވެސް ކުޅުންތެރިޔަކު، އެހެން ޓީމަކަށް ދޫކޮށްލާކަށް، އެތުލެޓިކޯއިން ބޭނުމެއް ނުވާނެ އެވެ.

އެކަމުގެ ހިތްދަތިކަން، އެންމެ ބޮޑަށް ކުރިމަތިވާނީ މެންޗެސްޓާ ޔުނައިޓަޑަށެވެ. އެތުލެތިކޯގެ ފޯވަޑް އެންޓޯން ގްރީޒްމަން ގެންދަން، ޔުނައިޓަޑުން އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ނެވެ. ނަމަވެސް، މިހާރުވީ ގޮތުން ގްރީޒްމަން ދޫކޮށްލާކަށް، އެތުލެޓިކޯއިން ބޭނުމެއް ނުވާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އެތުލެޓިކޯގައި، ގްރީޒްމަންގެ ކޮމްބިނޭޝަން ޕާޓްނާ ކެވިން ގެމޭރޯ ގެންދަން ޓޮޓެންހަމްހޮސްޕާއިވެސް އޮތީ ތައްޔާރު ވެގެން ނެވެ. ޓޮޓެންހަމް އޮތީ ގެމޭރޯގެ އަގަށް 25.7 މިލިއަން ޕައުންޑް އެތުލެޓިކޯއަށް ދޭން ތައްޔާރަށެވެ. ނަމަވެސް ގެމޭރޯ ދޫކޮށްލާކަށްވެސް، ޓޮޓެންހަމް ބޭނުމެއް ނުވާނެ އެވެ.